ހއ. މުރައިދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ މުރައިދޫ ބަނދަރު އަަޕްގްރޭޑު ކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސައިޓު އިއްޔެ މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 212 މީޓަރު ސަރަހައްދެއްގައި އެލް ސެކްޝަން ކުއޭ ވޯލް ހެދުމާއި، 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓު ޖެހުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޯއިންސް އަދި 514 މީޓަރު ސަރަހައްދެއްގައި ބްރޭކްވޯޓާ ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.
ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން އެމްޓިސީސީ އާއި މި މަޝްރޫއު ހަވާލު ކޮށްފައިވަނީ 33.72 މިލިއަން ރުފިޔާ އަށެވެ.

ކިޔުންތެރިންގެ ހިޔާލު