އެމްޕީއެލް ޔުނީފޯމުގައި ހުރި މީހަކު ނޯތު ހާބަރު ތެރެއިން އަންހެނަކަށް ބިރު ދެއްކި މައްސަލަ އެމްޕީއެލުން ބަލަން ފަށައިފިއެވެ.
އެމްޕީއެލްގެ ޔުނިފޯމުގައި ހުރި މީހަކު ނޯތު ހާބަރު ތެރެއިން އަންހެނަކަށް ބިރު ދައްކާވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާއިރު، އެ ވީޑިއޯއިން ފެންނަނީ އެމްޕީއެލްގެ ޔުނިފޯމުގައި ހުރި ފިރިހެނަކު ތަކުރާރުކޮށް އަންހެނަކަށް ބިރު ދައްކައި އިންޒާތު ދެމުން ގެންދާ މަންޒަރެވެ. އަންހެން މީހާގެ ގައިގާ ޖަހާނެ ކަމަށް ބުނެ އެ ފިރިހެން މީހާ ވަނީ އެތައް ފަހަރަކު އިންޒާރު ދީފައެވެ.
ސޯޝަލް މީޑިއާގައި އާއްމު ވީޑިއޯއާ ގުޅިގެން އެމްޕީއެލްގެ މީޑިއާ އޮފިޝަލް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސޯޝަލް މީޑީއާގައި އާއްމުވެގެން އުޅޭ ވީޑިއޯ އެ ކުންފުނީގެ މެނޭޖްމަންޓްގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އެމައްސަލަ ބަލަމުންދާކަމަށާއި، އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އެމްޕީއެލުން ބުނެއެވެ.
ވީޑިއޯއީން ފެންނަ ގޮތުގައި ޕޯޓްގެ މުވައްޒަފު ހިތްހަމަނުޖެހިގެން އުޅުނީ އޭނާގެ ފޮޓޯއެއް ނެގިކަމަށް ހީކޮށެވެ. ނަމަވެސް އަންހެން މީހާ ބުނަމުންދިޔައީ އެފަދަ ކަމެއް އޭނާ ނުކުރާކަމަށާއި، ޕޯޓްގެ މުވައްޒަފު އުޅެނީ ދުނިޔެއިން މޮޔަވެގެންކަމަށެވެ.
ވީޑިއޯއީން ފެންނަ ގޮތުގައި ޕޯޓް ސަރަހައްދުގައި ހުރި އަންހެން މީހާއަކީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ މަސައްކަތުގައި އުޅުނު މީހެއްކަމަށް ބެލެވެއެވެ. މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

Mihen fuppafa maa siyaasee vegen. Thimaa maa varugadha meehakah vegen ulheveyne baa?? pic.twitter.com/y6Jqs6jZnb
— Ab otas1419🇲🇻 (@abotas1419) January 2, 2022
ވީޑިއޯއީން ފެންނަ ގޮތުގައި ޕޯޓްގެ މުވައްޒަފު ހިތްހަމަނުޖެހިގެން އުޅުނީ އޭނާގެ ފޮޓޯއެއް ނެގިކަމަށް ހީކޮށެވެ. ނަމަވެސް އަންހެން މީހާ ބުނަމުންދިޔައީ އެފަދަ ކަމެއް އޭނާ ނުކުރާކަމަށާއި، ޕޯޓްގެ މުވައްޒަފު އުޅެނީ ދުނިޔެއިން މޮޔަވެގެންކަމަށެވެ.
ވީޑިއޯއީން ފެންނަ ގޮތުގައި ޕޯޓް ސަރަހައްދުގައި ހުރި އަންހެން މީހާއަކީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ މަސައްކަތުގައި އުޅުނު މީހެއްކަމަށް ބެލެވެއެވެ. މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު