ރައީީސް އަބްދުﷲ ޔާމިން އަތްޕުޅު ހިތްލަވާލައްވައިގެން ފަހަތުގައި ސެކިއުރިޓީންނާއި ޕާޓީގެ ބޭފުޅުން
ރައީީސް އަބްދުﷲ ޔާމިން އަތްޕުޅު ހިތްލަވާލައްވައިގެން ފަހަތުގައި ސެކިއުރިޓީންނާއި ޕާޓީގެ ބޭފުޅުން
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލު ހުކުމެއް އިއްވާފައިވަނީ އިންސާފުން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއުތިރާފްވެ ވަޑައިގެންފައިވާކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށެވެ. އެމަނިކުފާނަށް ދައުވާ ކޮށްފައިވަނީ ޒާތީ ކަމެއްގައި ކަމަށް އެ ކޯލިޝަނުން ބުނަމުން އަނަންކަން ވެސް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން މިފަދަ ބަޔާނެއް ނެރެފައިމިވަނީ ރައީސް ޔާމީނަށް އުފަންދުވަހުގެ ތަހުނިޔާކިޔާ އަދި ތައުރީފް ކޮށްފައިވާ ޓްވީތްތަކެއް ރައީސް ނަޝީދު ރިޓްވީޓް ކުރައްވާފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ. އެކަމަށް އިޝާރަތްކޮށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީނަށް ހުކުމް ކުރީ އިންސާފުން ނޫންކަމަށާއި އަދި ރައީސް ޔާމީނަށް ކުރި ދައުވާ އަކީ ސިޔާސީ އަދި ޒާތި ދައުވާއެއްކަމަށް ދޭހަވާގޮތަށް ރައީސް ނަޝީދު އިއުތިރާފުވެ ވަޑައިގެންފައިވާކަމަށެވެ. 

އެހެން ކަމުން ވަގުތުންވަގުތަށް ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މިއަދު ހެނދުނު ރައީސް ނަޝީދު އެމަނިކުފާނުގެ ސަޕޯޓަރުންނާ ހިއްސާކުރެއްވި ނޯޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އުސޫލުތަކަށް ތާއީދު ނުކުރައްވާކަމަށެވެ. އެހެން ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާބޮޑު އިންސާފެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޢީސާފުޅު

26-May-2020

އަންނި ލިޔެފައޮތް ނޯޓްގައި އޮތް އެއްޗެއް ނޭންގި ދެބޯގެރި ދުއްވަން އަމައޭ ބަފައޭ ކިޔައިގެން ސުރުޚީ އެޅީމަ ހުންނާނީ ވެފައެވެ. ޢަންނި ބުނެފައި އޮތީ ހަމައެކަނި މުލުވަގު ޖަލުގައި އޮތުމަކީ މުޅިމައްސާލާގެ އިންސާފެއްނޫނޭ އެވެ. ރޮޕެގެންޑާ ފަތުރާ ނޫސްތަކެއް އެމްއެމްޕީއާރސީގެ ވަގުފައިސާއިން އޮޕަރޭޓްކުރާ ވާހަކަ ލިޔެލަން ނުކެރިގެން އުޅެނީ ކީއްވެބާއޭ ހިތަށް އަރައެވެ.


2

ޖުވޭ

23-May-2020

ބޭކާރު ވަހަކަ އަންނި ތަ ހުކުމް ކުރަނީ



ޓްރެންޑިން