ރާއްޖެއަށް އެކި ބާވަތްތަކުގެ ފަތުރުވެރިކަން ތައާރަފްކުރުމުގެ ބަދަލުގައި މިހާރު ހިނގަމުންދާ ގެސްޓްހައުސްގެ ސިނާއަތް ރެގިއުލޭޓްކުރުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ގޮވާލައްވައިފިއެވެ.

ރާއްޖެއަށް ހޯމްސްޓޭ ފަތުރުވެރިކަން ތައާރަފްކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ހާއްސަކޮށް ދީނީ އިލްމުވެރިން ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

އަލީ ޒައިދު ވިދާޅުވީ، ރާއްޖޭގެ ގެސްޓްހައުސް ސިނާއަތް އޮތީ ބޮއްސުންލާފައިކަމަށެވެ. އަދި އެ ވިޔަފާރި ރެގިއުލޭޓްކޮށް، ވިޔަފާރިތަކުން އުސޫލުތަކަށް ބޯ ލެނބެވުމަށް އަލީ ޒައިދު ގޮވާލެއްވިއެވެ.



ޒައިދު ވިދާޅުވީ ރާއްޖޭގެ ބައެއް ރަށްރަށުގައި ފަތުރުވެރިން ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅޭ ތަން އޭނާއަށް ފެނިފައިވާކަމަށެވެ. އެހެންކަމުން އެކަންކަން އިސްލާހު ކުރެއްވުމަށް ޒައިދު ގޮވާލެއްވިއެވެ.



މިއަހަރުގެ ފުރަތަަމަ ދުވަހު ރާއްޖެއަށް ހޯމްސްޓޭ ފަތުރުވެރިކަން ތައާރަފްކޮށްފައިވާއިރު އެކަން ގާތުން ސަރުކާރުން އޮތީ ހާމަކޮށްފައެވެ. އަދި ހޯމްސްޓޭ ފަތުރުވެރިކަމަށް ހާއްސަ އުސޫލުތަކެއްވެސް ސަރުކާރުން ވަނީ އެެކަށައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު