ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތް ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މިމަސައްކަތް ފަށައިފައިވަނީ ނިމިދިޔަ ޑިސެމްބަރ 23 ވަނަ ދުވަހުއެވެ.
އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގެ ހިދުމަތްތައް ފުޅާކުރުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގައި ހިމެނިގެން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތް ހެދުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
މި އޯ.ޕީ.ޑީ އިމާރާތް ހަދައި ނިމޭއިރު، ބަލި މީހުން ބެލުމަށް ޚާއްޞަ 21 ރޫމަކާއި، ޓްރީޓްމެންޓް ރޫމަކާއި، ޕްރޮސީޖަރ ރޫމަކާއި، އީސީޖީ ރޫމެއްގެ އިތުރުން އެކޯ ރޫމެއް ހިމެނޭނެ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާ އޯޕީޑީ އިމާރާތް ހެދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ ހުސްވިއަހަރުގެ ނޮވެމްބަރު މަހުއެވެ. 20.22 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ވަޑައިގަތުމަށް ކުރެއްވެވި މަސައްކަތްޕުޅުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވަޢުދަކީ ރާއްޖޭގެ ސިއްޙީ ޚިދުމަތް މުޅިން އާ އުސްމިނަކަށް ގެންގޮސް ދެއްވާނެ ކަމުގެ ވަޢުދެވެ. އެގޮތުން ރާއްޖޭގެ އުތުރުގެ ރައްޔިތުން ސިއްޙީ ޚިދުމަތް ހޯދުމަށް އެންމެ ބޮޑަށް ބަރޯސާ ވެފައިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އަންނަމުންދާ ކުރިއެރުންތަކަކީ އުތުރުގެ އަތޮޅުތަކުގެ ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ކުރިއެރުންތަކެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު