ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ހުށަހެޅި ޕްރޮޕޯސަލްތައް ބާތިލްކޮށްފިއެެވެ.
މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ އިއުލާންކޮށްފައެވެ. އެ އިއުލާނާ ގުޅިގެން ޕްރޮޕޯސަލްތަކެއް ލިބުނު ނަމަވެސް ހުށަހެޅި ޕްރޮޕޯސަލްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ދީފައެއް ނުވެެއެވެ. ފިނޭންސް މިނިސްޓްރީން ބުނީ ބީލަން ހުށަހެޅުމުގެ ދައުވަތާއި ޕްރޮކިއުމަންޓް މަރުހަލާ ބާތިލްކުރީ ޕްލޭނިން މިނިސްޓްރީން އަންގައިގެން ކަމަށެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތަކީ އަބޫދާބީ ފަންޑުން މުޅި މަޝްރޫއަށް ހަރަދުކުރާ މަޝްރޫއެއްކަން ފާހަަގަކޮށްލެވެއެވެ.
މާފަރުގެ އާބާދީގައި 1،257 މީހުން ދިރިއުޅެއެެވެ. އެރަށުގައި އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާ، ހިދުމަތް ދޭން ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ.
އެއާޕޯޓަށް ފަންޑުކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. މި އެއާޕޯޓު ތަރައްގީކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓުފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެއް ވެސް ހިމަނައިގެންނެެވެ.

ކިޔުންތެރިންގެ ހިޔާލު