ރަށްވެހިވެފައިވާ ރަށުގައި ނޫޅުނަސް ގެދޮރުވެރިޔާ ލޯނަށް އެދެވޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފިއެވެ.
ހައުސިން ޑިވިލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ބުނީ، އެ ލޯނު ޕްރޮގްރާމުގެ ތެރޭގައި ހިމެނޭ "ރަށްވެހި ވެފައިވާ ރަށުގައި ދިރިއުޅޭތާ މަދުވެގެން ތިން އަަހަރު ވެފައި ވުން،" ޝަރުތު އުނިކުރަން ހައުސިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެ ޝަރުތު ހަމަ ނުވުމުގެ ސަބަބުން މީގެ ކުރިން ލޯނު ބާތިލު ކުރި މީހުންނަށް އެމީހުން ބޭނުން ނަމަ އަލުން ފޯމު ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެޗްޑީއެފްސީން ބުނެ އެވެ.
ގެދޮރުވެރިޔާ ލޯނު ސްކީމަކީ ރަށްރަށުގައި ދިރިއުޅޭ މީހުންގެ ގެދޮރު ބިނާކުރުމަށާއި މަރާމާތު ކުރުމަށް ހާއްސަ ލޯން ސްކީމެކެވެ. އެ ލޯނު ސްކީމު ސަރުކާރުން އިފްތިތާހު ކުރީ މިދިޔަ އަހަރުގެ ޖޫން މަހު އެެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ލޯނު ދޫކުރާނީ އަމިއްލަ ގޯއްޗެއްގައި އަލަށް ތަނެއް އިމާރާތް ކުރަން ނުވަތަ ހުރި އިމާރާތް މަރާމާތު ކުރުމަށް ނުވަތަ ނުނިމިހުރި މަސައްކަތެއް ނިންމުމަށާއި ހުރި އިމާރާތަށް ބައެއް އިތުރު ކުރުމަށެވެ.
ގެދޮރުވެރިޔާ ލޯން ސްކީމުގެ ދަށުން ލޯނު ދޫކުރާނީ 700،000 ރުފިޔާއާއި ހަމަޔަށެވެ. އަދި ލޯނު އަނބުރާ ދައްކަން 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއް ލިބޭނެ އެެވެ. މި ލޯނުގެ ޝަރުތުތަކުގައި ލޯނަށް ހުށައަޅާ ފަރާތުގެ ނަމުގައި ބިމެއް ރަޖިސްޓްރީ ކުރެވިފައި އޮތުމާއި ބިން ރަޖިސްޓްރީ ކޮށްފައިވާ ރަށުގެ ރަށްވެއްސެއް ކަމުގައި ވުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު