ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ, އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ ރާއްޖޭގައި ބޭރަށް ހިންގުމުގެ ބަލި މިދުވަސްވަރު އިތުރުވެފައިވާ ކަމަށާއި، އަދި އެކަމުގެ އަލާމާތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އެޗްޕީއޭއިން މައުލޫމާތުދޭ ގޮތުން ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޯ އެނބުރުމާއި ކުޑަކަމުދެވޭ ވަރު މަދުވުމާއި ހޮޑު ނުވަތަ ބޮޑުކަމުދާ ވަގުތު ލޭގެ އަސަރު ހުރުމާއި އާދަޔާ ހިލާފަށް ކަރު ހިއްކުމާއި މީހާ މާބޮޑަށް ވަރުބަލިވެ، ދިޔާތަކެތި ބޭނުން ނުކުރެވުމުގެ އިތުރުން ވަރަށް ބޮޑަށް ބަނޑުގައި ރިއްސުން ހިމެނެއެވެ.
ބޭރަށް ހިންގާ ނަމަ ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ވެސް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެެވެ. އެގޮތުން ގިނަގިނައިން ލޮނު ޕެކެޓް، ފެން، ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމާއި، އަދި ފާހާނާ ކުރުމަށް ފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމާއި ބޭރަށް ހިންގުމުގެ އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން، ސްކޫލަށް ނުފޮނުވައި، މަސައްކަތަށް ނުނިކުމެ ގޭގައި އަރާމުކުރުމުގެ އިތުރުން އާންމުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި މިހާރު ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް އިތުރުވާން ފަށައިފައިވާއިރު މިދިޔަ އަހަރު އެ އަދަދުތައް ހުރީ ގާތްގަނޑަކަށް އެއް ވަރެއްގައި ހިފެހެއްޓިފައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެެވެ.

Prevent diarrhoea by:
— Health Protection Agency (@HPA_MV) January 2, 2022
🔘Using ORS, water, soup & other liquids.
🔘Washing hands with soap & water before cooking and after using the toilet.
🔘Staying home and resting.
🔘Avoiding crowded places. pic.twitter.com/43H5LtcfVj
ބޭރަށް ހިންގާ ނަމަ ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ވެސް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެެވެ. އެގޮތުން ގިނަގިނައިން ލޮނު ޕެކެޓް، ފެން، ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމާއި، އަދި ފާހާނާ ކުރުމަށް ފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމާއި ބޭރަށް ހިންގުމުގެ އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން، ސްކޫލަށް ނުފޮނުވައި، މަސައްކަތަށް ނުނިކުމެ ގޭގައި އަރާމުކުރުމުގެ އިތުރުން އާންމުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި މިހާރު ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް އިތުރުވާން ފަށައިފައިވާއިރު މިދިޔަ އަހަރު އެ އަދަދުތައް ހުރީ ގާތްގަނޑަކަށް އެއް ވަރެއްގައި ހިފެހެއްޓިފައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެެވެ.
ކިޔުންތެރިންގެ ހިޔާލު