ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރެވޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލެއިން 60 ބިން ވިއްކަން އިޢުލާން ކޮށްފައިވާއިރު އެބިންތައް ހަމައެކަނި މާލޭގެ ރައްޔިތުންނަށް ގަނެވޭ ގޮތަށް އުސޫލަށް ވަނީ ބަދަލުގެނެސްފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވަނިކޮށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވީ، ބޯހިޔާވަހިކަމަކީ ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އަސާސީ ހައްޤެއް ކަމަށެވެ. ޤާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކުން އެއްވެސް ރައްޔިތަކު މަހުރޫމް ކުރުމަކީ ކޮށްގެން ވާނެކަމެއް ނޫންކަމަށް ދިޔާނާ ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ރަނގަޅު ޚިދުމަތް ލިބެން އޮތް ސަރަހައްދަކުން ބޯހިޔާވަހިކަން ނުލިބޭގޮތަށް އުސޫލުތަކެއް ހެދުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް ދިޔާނާ ވިދާޅުވިއެވެ.
މީގެ އިތުރުން ދިޔާނާ ވަނީ ޤާނޫނު އަސާސީގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރެވޭނެ ކަމަށް ބުނާ މާއްދާ ވެސް ހިއްސާކުރައްވާފައެެވެ. އެ މާއްދާގައި ބުނެފައިވަނީ ޤާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން އެ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ. އަދި މި ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެނެއްނުވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެއެެވެ.
އެޗްޑީސީން ބުނީ ހުޅުމާލެއިން ހަމައެކަނި މާލޭ މީހުންނަށް ގޯތި ދޫކުރުމަށް ނިންމައި އިއުލާނަށް ބައެއް ބަދަލުތައް ގެނެސްފައިވަނީ އާންމުންގެ ފަރާތުން ލިބޭ ކޮމެންޓްތަކަށް ބެލުމަށްފަހު ކަމަށެވެ. ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ހިޔާލުތަކާއި އެއްގޮތަށް ބަދަލުކުރަންޖެހޭ ކަންކަން ބަދަލުކުރަމުންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލެއިން މިފަހަރު ގޯތި ވިއްކަނީ އެކިއެކި ބޯހިޔާވަހިކަމުގެ މަޝްރޫޢު ތަކުގެ އަގުތައް ހެޔޮކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަން ފައިސާ ހޯދުމަށް ކަމަށް އެޗްޑީސީން ހާމަކުރެއެވެ. އެޗްޑީސީން ވަނީ ހުޅުމާލެ ދެވަނަފިޔަވަހިން ބީޗް ފްރަންޓްގެ 26 ގޯއްޗާއި، ބީޗް ސައިޑުން 34 ގޯތި ވިއްކަން ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 1603.7 އަކަފޫޓާއި 2633.82 އަކަފޫޓާއި ދެމެދުގެ 60 ގޯއްޗެވެ. ބީޗް ފްރަންޓް ބިން ވިއްކާ ގޮތަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް 3،900 (ތިންހާސް ނުވަސަތޭކަ ރުފިޔާ) ގެ ރޭޓުންނެވެ.

Asaasee haggaa asaasee khidhmaiy foarukohdhinumuga ufanvee rashuge macchah balaa thafaathu nukureveyne. Boahiyaavahi kamakee asaasee haggeh.
— Dhiyana 🎈?🌹 (@dhiyanasaid) January 2, 2022
Rangalhu fenvaruge khidhmaiy liben hunna thanthanun boahiyaavahi kamah edhey meehun ginavaane. Ufanvee rashah balaa thafaathu nukureveyne pic.twitter.com/zvBINvq0mA
މީގެ އިތުރުން ދިޔާނާ ވަނީ ޤާނޫނު އަސާސީގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރެވޭނެ ކަމަށް ބުނާ މާއްދާ ވެސް ހިއްސާކުރައްވާފައެެވެ. އެ މާއްދާގައި ބުނެފައިވަނީ ޤާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން އެ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ. އަދި މި ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެނެއްނުވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެއެެވެ.
އެޗްޑީސީން ބުނީ ހުޅުމާލެއިން ހަމައެކަނި މާލޭ މީހުންނަށް ގޯތި ދޫކުރުމަށް ނިންމައި އިއުލާނަށް ބައެއް ބަދަލުތައް ގެނެސްފައިވަނީ އާންމުންގެ ފަރާތުން ލިބޭ ކޮމެންޓްތަކަށް ބެލުމަށްފަހު ކަމަށެވެ. ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ހިޔާލުތަކާއި އެއްގޮތަށް ބަދަލުކުރަންޖެހޭ ކަންކަން ބަދަލުކުރަމުންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލެއިން މިފަހަރު ގޯތި ވިއްކަނީ އެކިއެކި ބޯހިޔާވަހިކަމުގެ މަޝްރޫޢު ތަކުގެ އަގުތައް ހެޔޮކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަން ފައިސާ ހޯދުމަށް ކަމަށް އެޗްޑީސީން ހާމަކުރެއެވެ. އެޗްޑީސީން ވަނީ ހުޅުމާލެ ދެވަނަފިޔަވަހިން ބީޗް ފްރަންޓްގެ 26 ގޯއްޗާއި، ބީޗް ސައިޑުން 34 ގޯތި ވިއްކަން ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 1603.7 އަކަފޫޓާއި 2633.82 އަކަފޫޓާއި ދެމެދުގެ 60 ގޯއްޗެވެ. ބީޗް ފްރަންޓް ބިން ވިއްކާ ގޮތަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް 3،900 (ތިންހާސް ނުވަސަތޭކަ ރުފިޔާ) ގެ ރޭޓުންނެވެ.
ކިޔުންތެރިންގެ ހިޔާލު