ހުޅުމާލޭގައި 21 އަހަރުގެ އަންހެނަކަށް އޭނާގެ ބައްޕަ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ، ހުޅުމާލޭގައި ދިވެހި އަންހެނަކަށް ގެވެށި އަނިޔާކޮށްގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓް މިއަދު މެންދުރު ލިބިފައިވާ ކަމަށެވެ. ޖެންޑާ މިނިސްޓްރީއާ ގުޅިގެން މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެ އެވެެ.
"ރަސް އޮންލައިން"އަށް މައުލޫމާތު ލިބިފައިވާގޮތުގައި ބައްޕަ ދަރިފުޅަށް އަނިޔާކުރުމުގެ ސަބަބުން މޭކަށިގަނޑުގައި ވަނީ ރެނދުލައިފަ އެވެ. އެ އަންހެންމީހާގެ އާއިލާއިން ބުނީ އަންހެންމީހާގެ ކަރުގައި ހިފުމުގެ ސަބަބުން ކަރުތެރެ ވަރަށް ބޮޑަށް ދުޅަވެ އިތުރު އަނިޔާތައް ވެސް ލިބިފައިވާ ކަމަށެވެ.
އަންހެންކުއްޖާއަށް ލިބުުނު އަނިޔާގެ ސަބަބުން ކުއްޖާއަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކޭ ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެެވެ. މިހާދިސާ ހިނގާފަައިވަނީ އަންހެންމީހާ އޭނާގެ ބައްޕައާއި ދެމެދު ހިނގި ދެބަސްވުމަކަށްފަހު ކަމަށް އެނގިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު