ރާއްޖޭގެ ތަރައްގީއަށް ގައުމުތަކާއެކު އެންމެ ވަރުގަދަ ގުޅުމެއް ބޭއްވީ އެމަނިކުފާނުގެ ސަރުކާރުން ކަަމަށް ކުރީގެ ރައީސް، ރައީސް އަބުދުﷲ ޔާމިން މިރޭ ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގުރާމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް، އަބުދުﷲ ޔާމިން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދޭ ގައުމުތަކާއެކު ވަރަށް ވަރުގަދަ ގުޅުމެއް ބޭއްވި ކަމަށެވެ. އެކަހަލަ ވަރުގަދަ ގުޅުމެއް އެއްވެސް ސަރުކާރަކަށް ނުބޭއްވޭ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިން ވިދާޅުވީ، ރާއްޖެއަކީ އަރަބި ލީގުގެ ގައުމަކަށް ހެދުމަށް ސައޫދީ އަރަބިއްޔާއިން ހުށަައެޅިކަމަށެވެ. ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ޔޫރަޕް ގައުމުތަކާމެދު ގުޅުން ރަނގަޅު ނޫން ކަމަށާއި، އަދި އެމެރިކާއާއި މެދު ކަންބޮޑުވުންތައް ހުރި ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
"އެހެން ނަމަވެސް މިތަންތަނަކީ (ޔޫރަޕްގެ ގައުމުތަކަކީ) ސީދާ ބޮޑެތި އެހީތައް ލިބޭ ތަންތަނެއް ނޫން. މިތަންތަނަކީ ޑިމޮކްރަސީގެ ނިޒާމް ފުރިހަމަ ކުރުމާއި އެތަންތަނުގައި ހުންނަ ލިބަރަލް ވެލިއުސް ދިވެހި ރާއްޖޭގައި ހުންނަންޖެހޭނެ ކަމަށް ވަކާލާތު ކުރުމާއި މިކަހަލަ ކަންތައްތައް ކުރާ ބައެއް މިއީ." ކުރީގެ ސަރުކާރުން ގައުމުތަކާއި ވަކިވެ އެކަހެރިވެފައި އޮތް ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޔާމިން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން އެންމެ ވަރުގަދަ ގުޅުމެއް ބޭއްވީ ޗައިނާއާއި އެކު ކަމަށާއި ރާއްޖޭގައި ފެށި ބޮޑެތި ހުރިހާ ޕްރޮޖެކްޓްތަކަށް ފައިސާ ހޯދީ ޗައިނާ ސަރުކާރުން ކަމަށެވެ. އަދި ރާއްޖެ ތަރައްގީ ކުރެވޭނީ ފައިސާ ހުރި ގައުމުތަކާއެކު ގުޅުން އުފައްދައިގެން ކަމަށް ރައީސް ޔާމިން ވިދާޅުވިއެެވެ.
ޔޫރަޕުން ލިބޭނީ ތިމާވެށީގެ ޕްރޮޖެކްޓަކުން ލިބޭ އެއްޗެއް ކަމަށާއި، އެގޮތުން ފެނާއި ނަރުދަމާ ގާއިމް ކުރުމަށް އެގައުމުތަކުގެ އެހީ ލިބޭ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އާންމު ހާލަތުގައި އދ. ގައުމުތަކާއި އޭރު ގުޅުން ރަނގަޅު ކަމަށެވެ. ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން ކޮންމެ ގައުމަކުން މަސައްކަތް ކުރާނީ އެގައުމަކަށް އެންމެ ފައިދާ ހުރިގޮތަކަށް ގުޅުން ކުރިއަށް ގެންދިޔުމަށް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެެ.
"އަޅުގަނޑު ބުނާނަން މިހާރު ރާއްޖޭގެ ޚާރިޖީ ސިޔާސަތު އެހާ ކާމިޔާބު ކަމަށް ވައްޏާ އެމެރިކާއަށް ނޫނީ ޔޫރަޕަށް ވަޑައިގެން ބުރިޖެއް އަޅަން ފައިސާ ހިފައިގެން ވަޑައިގަންނަވާ. އެހާ ހިސާބުން އަޅުގަނޑު ގަބޫލުކުރާނަން އެއޮތީ ދުނިޔެއާއި ވަރަށް ބޮޑަށް ގުޅިފައިކަން. އެ ދައްކަނީ ރަނގަޅު ވާހަކައެއް ނޫން." ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިން މިހެން ވިދާޅުވެފައިވާއިރު، އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް މިސަރުކާރުގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު އިންތިޚާބުވުމަކީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު މުޅި ދުނިޔެ ބަލައިގެންފައިވާކަން ހާމަކޮށްދޭ ކަމެއްކަން ސަރުކާރުން ފާހަަގަކުރެއެވެ. ރައީސް ޔާމިންގެ ސަރުކާރުން ގުޅުން ކަނޑާލި ކޮމަންވެލްތާއި މި ސަރުކާރުން އަލުން ގުޅުން ގާއިމްކޮށް އެޖަމާއަތުގައި ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު