މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު މިރޭ ފެނިއްޖެއެވެ.

ފުލުހުން ބުނީ މާފަންނު ގެއެއްގެ ތެރޭގައި މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު މިރޭ 21:03 ހާއިރު ލިބިފައިވާ ކަމަށެވެ. އޭނާ ނިޔާވެފައިވާ ކަމަށް ހާދިސާ ހިނގި ސަރަހަައްދަށް ދިޔަ ފުލުހުންގެ ޑޮކްޓަރާއި ހަވާލާދީ ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ މިހާދިސާގައި ނިޔާވެފައި ވަނީ 44 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެއެެވެ.



ކިޔުންތެރިންގެ ހިޔާލު