އިންޑިއާގައި ކޮވިޑް ކޭސްތައް މައްޗަށް ދިއުމާއެކު އިންޑިއާގެ އެކި ސްޓޭޓް ތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
މިފަދަ ނިންމުމެއް ނިންމާފައިވަނީ ހުސްވި ހަފްތާއިން ފެށިގެން އިންޑިއާގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާތީއެވެ. ސިއްހީ މާހިރުން ދެކޭ ގޮތުގައި މިހާރު އިތުރުވަމުންދާ ކޭސްތަކަކީ ކޮރޯނާ ވައިރަހުގެ ނުރައްކާތެރި ވޭރިއަންޓް އޮމިކްރޯނާއި ހެދި އިތުރުވަމުންދާ ކޭސް ތަކެވެ.
އެގޮތުން ސިނަމާތައް ބަންދު ކުރުމުގެ އިތުރުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ބައެއް ސްޓޭޓްތަކުގައި ވަނީ ރޭގަނޑު 11 އިން ފަތިހު 5 ޖަހަންދެން ކާފިއު އިއުލާންކޮށްފައެވެ.
އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އަހަރުގެ ފުރަތަމަ ދުވަހު އެކަނިވެސް 27،553 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މިއީ މީގެ ދެތިން ހަފްތާ ކުރީގެ ތަފާސް ހިސާބަށް ބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.
އިންޑިއާގައި މިހާތަަނަށް 1500 އަށްވުރެއް ގިނަ މީހުން ކޮރޯނާ ވައިރަހުގެ ނުރައްކާތެރި ވޭރިއަންޓް، އޮމިކްރޯނަށް ޕޮޒިޓިވްވެފައިވާކަމަށްވެސް އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު