މާޝާ މިދުހަތު   3 ޖެނުއަރީ 2022 - 14:50
ސައޫދީ އަރަބިއްޔާގައި އަންހެނުން ރޭލު ދުއްވުމަށް ހުއްދަދީ އެކަމަށް ޝައުގުވެރިވާ މީހުންނަށް އެފުރުސަތު ހުޅުވާލައިފިއެވެ.

ސައުދީގެ ރެއިލްވޭ ޕޮލިޓެކްނިކުން އިއުލާންކޮށްްފައިވާގޮތުގައި، ރޭލު ދުއްވުމަށް ޝައުގުވެރިވާ މީހުން ފުރަތަމަ ޖެހޭނީ އެކަމަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރާށެވެ. އެއަށްފަހު ތަޖުރިބާ ހޯދުމަށް ރޭލު ދުއްވާ ފިރިހެނުންނާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެއެވެ.

އަދި މިތަމްރީނު ފުރިހަމަ ކުރާ އަންހެނުން ދުއްވާނީ ސައުދީ ކިންގްޑޮމްގެ ހަރަމައިން އެކްސްޕްރެސްއެވެ. މިއީ ހައްޖާއި އުމްރާގެ އަޅުކަމަށްދާ މީހުން ގޮވައިގެން މައްކާ އާއި މަދީނާއާއި ދެމެދު ބާރު ދުވެލީގައި ދުއްވާ ރޭލެކެވެ.

ސައުދީގެ އިތުރުން އަންހެނުން ބާރުވެރިކުރުމުގެ ގޮތުން، ރޭލު ދުއްވުމަށް ހުއްދަދީ އެކަމަށް ޝައުގުވެރިވާ މީހުންނަށް އެފުރުސަތު ދެމުންދާ ގައުމުތައް މިހާރު މަދެއްނޫނެވެ. ނަމަވެސް ސައުދީ ވެގެންދާނީ އަރަބި ގައުމެއްގައި އަންހެނުންނަށް މިފަދަ ފުރުސަތެއް ހުޅުވާލި ފުރަތަމަ ގައުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން