އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީ އާއި ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އެސްޓްރާ ޒެނެކާ ގުޅިގެން އުފެއްދި ކޯވިޑް-19 ގެ ވެކްސިން ކުދި، ބޮޑު މީހުން ހިމެނޭ ގޮތަށް 10 ހާސް މީހުންނަށް ދީގެން އަޖުމަ ބަލަން ނިންމައިފިއެވެ.

މި ވެކްސިންގެ އަޖުމަ ބެލުމަށް އެކި އުމުރުފުރާގެ މީހުން ބޭނުންކުރުމުން، އެކި އުމުރުފުރާގެ މީހުންގެ ދީފާއީ ނިޒާމަށް ވެކްސިނުން ކުރާނެ އަސަރާއި މި ވެކްސިންގެ ރައްކާތެރިކަން އެނގިގެން ދާނެ ކަމަށް އޮކްސްފޯޑް ޔުނިވަރސިޓީއާ ހަވާލާދީ ރޮއިޓާސްއިން ބުނެފައިވެއެވެ.

އޭޕްރިލް މަހުގެގެ 23 ގައި، މި ވެކްސިންގެ އަޖުމަބެލުމުގެ ގޮތުން ފުރަތަމަ 1000 މީހުން ޓެސްޓް ކުރުމަށް ބޭނުންކުރެވިފައިވެއެވެ. މީގެ ތެރޭގައި 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހުން ބައިވެރި ކުރެވުނެވެ. މި ވެކްސިންގެ އަޖުމަ ބެލުމަށް އިންސާނުން ބޭނުންކޮށްގެން ކުރެވޭ ޓެސްޓުތަކުގެ 2 ވަނަ ފިޔަވަހީގަޔާއި، 3 ވަނަ ފިޔަވަތީގައި 55 އަހަރުން މަތީގެ މީހުންނާއި، 5 އަހަރާއި 12 އަހަރާއި ދެމެދުގެ ކުޑަކުދިން ހިމެނޭނެއެވެ.

ނަމަވެސް މިވެކްސިންގެ އަޖުމަ ބެލުމަށް ކުރެވޭ މަސައްކަތުގެ ރަނގަޅު ނަތީޖާއެއް ނެރެވެން 2 މަސް ނުވަތަ 6 މަސް ދުވަސް ވެސް ނަގާފާނެ ކަމަށް އޮކްސްފޯޑް ޔުނިވަރސިޓީ އިން ހުކުރު ދުވަހު ބުނެފައި ވެއެވެ.

ވެކްސިންގެ ތަހުލީލުތަށް އަވަސް ކުރުމަށްޓަކައި ވެކްސިންގެ އަޖުމަ ބެލުމަށް އިންސާނުން ބޭނުންކޮށްގެން ކުރެވޭ ޓެސްޓުތަކުގައި ބައިވެރި ވުމަށް ފްރަންޓްލައިންގައި މަސައްކަތް ކުރާ ހެލްތު ވޯކަރސް ނުވަތަ ކުރަންޖެހޭ މަސައްކަތެއްގެ ގޮތުން ކޮވިޑް 19 ގެ ނުރައްކާ ކުރިމަތިވެދާނެ ފަދަ މީހުންނަށް އިސްކަން ދީފައިވެއެވެ. މިގޮތުން އަޖުމަ ބެލުމަށް އިންސާނުން ބޭނުންކޮށްގެން ކުރެވޭ ޓެސްޓުތަކުގައި ބައިވެރިން ދެބަޔަކަށް ބަހާލެވި، ކޮވިޑް 19 އަށް ތައްޔާރު ކުރެވުނު ވެކްސިން، އަދި މެނިންޖައިޓިސް އަށް ބޭނުން ކުރާ ވެކްސިން ބޭނުން ކޮށް ތަހުލީލުތަށް ހަދަމުން ގެންދާނެ ކަމަށް އޮކްސްފޯޑް ޔުނިވަރސިޓީއާ ހަވާލާދީ ރޮއިޓާރސްއިން ބުނެފައިވެއެވެ.

މީގެ އިތުރުން ވެސް ކޯވިޑް-19 އަށް ތައްޔާރު ކުރަމުންދާ 8 ވެކްސިނެއް އަޖުމަ ބެލުމަށް އިންސާނުން ބޭނުންކޮށްގެން ކުރެވޭ ޓެސްޓުތަށް ހެދުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ހުއްދަދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން