ރާއްޖޭގެ ބައެއް ރަށްރަށަށް ރޭ އުދައަރައި ގެއްލުންތަކެއް ލިބިއްޖެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ރޭ ރާއްޖޭގެ ބައެއް ރަށްރަށަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ށ. ފޮނަދޫއާއި ނ. ހޮޅުދޫއަށް ވަރަށް ބޮޑަށް ރޭ ވަނީ އުދައަރާފައެެވެ. އުދަ އެރުމުގެ ސަބަބުން ހޮޅުދޫ ރަށުތެރޭގައި ވަނީ ފެންބޮޑުވެފައެވެ. ރ. އަތޮޅުގެ ގިނަ ރަށްތަކަކަށް ވެސް ވަނީ އުދައިގެ އަސަރުކޮށްފައެވެ. ރ. ވާދޫއަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާއިރު އެރަށުގެ ބައެއް ސަރަހައްދުތަކަށް އުދައިގެ ސަބަބުން ވަނީ ގެއްލުން ވެފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މީގެ އިތުރުން މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި ވެސް ދިޔަވަރު ބޮޑުވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ 8 އަތޮޅަކަށް ހުދު ސަމާލު ނެރެފައެވެ. ހުދު އެލާޓު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެގޮތުން އެ އަތޮޅު ތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެެ.

ކިޔުންތެރިންގެ ހިޔާލު