އިސްލާމްދީނުގެ ހިދާޔަތުގެ ނޫރު ރައްކާތެރިކުރުމަކީ އަދާލަތު ޕާޓީއާއި ސަލަފު ޖަމިއްޔާއަށް އޮތް ކަމެއް ނޫން ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަލްއުސްތާޒު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.
ހަލީމް މިހެން ވިދާޅުވީ، ރާއްޖޭގައި ހޯމް ސްޓޭ ނުވަތަ މީހުން ދިރިއުޅޭ ގެއެއްގައި ފަތުރުވެރިއަކު ފައިސާ ދީގެން ޗުއްޓީ ހޭދަކުރާ ބާވަތުގެ ފަތުރުވެރިކަން ތައާރަފް ކުރުމުން އެކަމަކީ ދަރިންގެ އިއްފަތާއި، އަބުރު ގެއްލި، އާއިލާތައް ރޫޅުމުގެ އިތުރުން މި ގައުމުގެ އިސްލާމީ ސަގާފަތް ގެއްލިގެންދާނެ ކަމެއް ކަމަށް ބުނެ ސަލަފު ޖަމިއްޔާއިންނާއި އަދާލަތު ޕާޓީއަށް ނިސްބަތްވާ ބައެއް ދީނީ އިލްމްވެރިން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
އެކަމަށް އިޝާރަތް ކުރައްވައި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހަލީމް ވިދާޅުވީ، އިސްލާމްދީނުގެ ހިދާޔަތުގެ ނޫރު ރައްކާތެރިކުރުމަކީ މާތްﷲ އެކަލާނގެ ޒާތު ފުޅަށް މިލްކުވެވޮޑިގެންވާ ކަމެއް ކަމަށެވެ. އަދި އެއީ އަދާލަތާއި ސަލަފު ޖަމިއްޔާއަށް އޮތް ކަމެއް ނޫން ކަމަށް ހަލީމް ވިދާޅުވިއެވެ.
"އެބައިމީހުންނަށް (އަދާލަތާއި ސަލަފަށް) އޮތީ ނަސޭހަތާއި ވައުޟު އިއްވުމެވެ. ފިތުނަ ފަސާދަ އުފެއްދުމެއް ނޫނެވެ." ހަލީމް ވިދާޅުވިއެވެެ.
ރާއްޖޭގައި ހޯމް ސްޓޭ ތައާރަފް ކުރުމާއި ގުޅިގެން ސަލަފު ޖަމިއްޔާއިންނާއި އިސްލާމް ދީނުގެ ބައެއް އިލްމްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ. އޭގެ ތެރޭގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ނިސްބަތްވާ ބައެއް ދީނީ އިލްމްވެރިން ވެސް ހިމެނެއެވެ.
ހޯމް ސްޓޭ ތައާރަފް ކުރުމާއި ގުޅިގެން ޖަމިއްޔަތުލް ސަލަފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ހޯމް ސްޓޭ" ތައާރަފްކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަކީ މާދުރުނޫން މުސްތަގުބަލެއްގައި މި އިސްލާމީ ގައުމުގެ ކުރިއަށް އޮތް ޖީލުގެ އަހްލާގިއްޔާތަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބޭނެ ކަމެއްކަމަށް އެ ޖަމުއިއްޔާއިން ދެކޭ ކަމަށެވެ.
ސަލަފްގެ ބަޔާނުގައި ވަނީ ހޯމް ސްޓޭ ޓޫރިޒަމް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފައެވެ.
"ދަނޑުވެރިކަމާއި މަސްވެރިކަމާއި ކުދިފަންތީގެ އެހެނިހެން ވިޔަފާރިތައް ފުޅާކޮށްދިނުމަށް ސަރުކާރުން އިސްނެގުމަށް އިލްތިމާސްކުރަމެވެ." ސަލަފުގެ ބަޔާނުގައި ބުނެފައިވެއެވެ.
މިއަހަރުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޯމް ސްޓޭ ތައާރަފްކޮށްފައިވަނީ މ. ދިއްގަރުންނެެވެ. ހޯމް ސްޓޭ ތައާރަފް ކުރުމަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ރިޔާސީ ވައުދެކެެވެ.
ސަރުކާރާއި އަދި ގިނަ ބަޔަކު ބުނަނީ ހޯމް ސްޓޭގެ ސަބަބުން ދީނީ ޢިލްމްވެރިން އެ ހީފުޅުކުރާފަދަ ގޯހެއް ނުހިނގާނެ ކަމަށެވެ. އަދި އެއީ މިސަރުކާރުގެ އެއް ސިޔާސަތު ކަމަށްވާ ސީދާ ރައްޔިތު މީހާގެ ޖީބަށް ފަތުރުވެރިކަމުގެ ފައިދާ ވަންނާނެ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އެތައް ތަނަކުން ރަނގަޅުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މިއަށްވުރެ މާތަންދޮރު ނުދަންނަ ޒަމާނެއްގައި އަމުދުން @AdhaalathOffice އާ @JAMIYYATHSALAF ގެ އުފެދުމުގެ އެތައް އަހަރެއްގެކުރިން ޕޯޗުގީޒުން ދިވެހިންގެކަރަށް ރާ އަޅާ ނަސޯރާކުރަން އުޅުނެ. ހަމަހިލާ އެކަމެއްވި. ދެން ގޭގައި ހުންނަ މެހެމާނެއްގެ ސަބަބުން މިފަދަކަމެއް ހިގާފާނެތޯ❤️🇲🇻
— Mohamed Haleem (@haleembai) January 2, 2022
ރާއްޖޭގައި ހޯމް ސްޓޭ ތައާރަފް ކުރުމާއި ގުޅިގެން ސަލަފު ޖަމިއްޔާއިންނާއި އިސްލާމް ދީނުގެ ބައެއް އިލްމްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ. އޭގެ ތެރޭގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ނިސްބަތްވާ ބައެއް ދީނީ އިލްމްވެރިން ވެސް ހިމެނެއެވެ.
ހޯމް ސްޓޭ ތައާރަފް ކުރުމާއި ގުޅިގެން ޖަމިއްޔަތުލް ސަލަފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ހޯމް ސްޓޭ" ތައާރަފްކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަކީ މާދުރުނޫން މުސްތަގުބަލެއްގައި މި އިސްލާމީ ގައުމުގެ ކުރިއަށް އޮތް ޖީލުގެ އަހްލާގިއްޔާތަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބޭނެ ކަމެއްކަމަށް އެ ޖަމުއިއްޔާއިން ދެކޭ ކަމަށެވެ.
ސަލަފްގެ ބަޔާނުގައި ވަނީ ހޯމް ސްޓޭ ޓޫރިޒަމް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފައެވެ.
"ދަނޑުވެރިކަމާއި މަސްވެރިކަމާއި ކުދިފަންތީގެ އެހެނިހެން ވިޔަފާރިތައް ފުޅާކޮށްދިނުމަށް ސަރުކާރުން އިސްނެގުމަށް އިލްތިމާސްކުރަމެވެ." ސަލަފުގެ ބަޔާނުގައި ބުނެފައިވެއެވެ.
މިއަހަރުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޯމް ސްޓޭ ތައާރަފްކޮށްފައިވަނީ މ. ދިއްގަރުންނެެވެ. ހޯމް ސްޓޭ ތައާރަފް ކުރުމަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ރިޔާސީ ވައުދެކެެވެ.
ސަރުކާރާއި އަދި ގިނަ ބަޔަކު ބުނަނީ ހޯމް ސްޓޭގެ ސަބަބުން ދީނީ ޢިލްމްވެރިން އެ ހީފުޅުކުރާފަދަ ގޯހެއް ނުހިނގާނެ ކަމަށެވެ. އަދި އެއީ މިސަރުކާރުގެ އެއް ސިޔާސަތު ކަމަށްވާ ސީދާ ރައްޔިތު މީހާގެ ޖީބަށް ފަތުރުވެރިކަމުގެ ފައިދާ ވަންނާނެ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އެތައް ތަނަކުން ރަނގަޅުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު