މީހަކަށް އެޕާޓްމަންޓެއް ކުއްޔަށް ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހަށް ހާޒިރުވުމަށް އިއުލާންކޮށްފައިވަނީ އދ. މާމިގިލި / ނޭޕާލް، ޢާއިޝަތު މާޝާ ޝާހީން (26އ) އާއި ހއ. ހޯރަފުށި / އަޝްރަފީގެ، ނައުފަލް އަޙްމަދު (33އ)އެވެ.
ފުލުހުން ބުނީ މި މީހުން ހޯދަމުންދަނީ ގަލޮޅު ޕޮލިހުން ތަހުގީގު ކުރަމުންދާ، މީހަކަށް އެޕާޓްމަންޓެއް ކުއްޔަށް ދޭނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި ކަމަށެވެ. އަދި ތަހުގީގަށް ދެމީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާކަމަށް ފުލުހުން ބުނެއެވެ.
އެހެންކަމުން ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން މި ދެ މީހުން ޝަހީދު ހުސައިން އާދަމް ބިލްޑިންގއަށް 2022 ޖަނަވަރީ 13 ވަނަ ދުވަހުގެ 10:00 އަށް ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިވުމަށް އަންގައި އިއުލާނުކުރުންhttps://t.co/nMWizCnlTb pic.twitter.com/7191TXMEbf
— Maldives Police (@PoliceMv) January 3, 2022
ފުލުހުން ބުނީ މި މީހުން ހޯދަމުންދަނީ ގަލޮޅު ޕޮލިހުން ތަހުގީގު ކުރަމުންދާ، މީހަކަށް އެޕާޓްމަންޓެއް ކުއްޔަށް ދޭނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި ކަމަށެވެ. އަދި ތަހުގީގަށް ދެމީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާކަމަށް ފުލުހުން ބުނެއެވެ.
އެހެންކަމުން ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން މި ދެ މީހުން ޝަހީދު ހުސައިން އާދަމް ބިލްޑިންގއަށް 2022 ޖަނަވަރީ 13 ވަނަ ދުވަހުގެ 10:00 އަށް ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ހިޔާލު