ވަޤުފް ފަންޑަށް ފައިސާއިން އެހީދޭން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތްތަކަށް އެހީވާ ފަންޑާއި ދީނީ ކަންކަމަށް އެހީވާ ފަންޑަށް ފައިސާގެ އެހީދޭން ހުޅުވާލީ އެކަމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ނަގުދު ފައިސާއިން އެހީވެދޭން އެދޭ ފަރާތްތަކަށް އެ ފުރުސަތު އަންނަ އޭޕްރިލްމަހުގެ ނިޔަލަށް އޮންނާނެކަމަށާއި
ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރު 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ރިސެޕްޝަނުން ފައިސާ ބަލައިގަންނާނެކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އޮންލައިންކޮށް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެކަމަށެވެ.
މިސްކިތު ފަންޑަކީ މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި، މިސްކިތްތައް މަރާމާތުކުރުމުގެ އިތުރުން މިސްކިތްތަކާއި ގުޅޭ އެކިކަންކަމަށް ޚަރަދުކުރުމަށް އުފައްދާފައިވާ ވަޤުފް ފަންޑެކެވެ. މިފަންޑުން ޚަރަދުކޮށްގެން ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އެތައް މިސްކިތްތަކެއްގެ ތަފާތު މަސައްކަތްތަކެއް ކައުންސިލްތަކާއި ގުޅިގެން މިނިސްޓްރީންދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު