އިނގުރައިދޫ ސްކޫލަށް ކްލާސްރޫމްތަކެއް އިތުރުކުރަން ސަރުކާރުން ބަޔަކާއި ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިމަސައްކަތުގެ ދަށުން ‏ރ. އިނގުރައިދޫ ސްކޫލުގެ 04 ކްލާސްރޫމް، ސްޓާފްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ.



މި މަސައްކަތް ހަވާލުކޮށްފައިވަނީ މާލާ ހައި ރައިސިންގ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިމަސައްކަތް ހަވާލުކޮށްފައިވަނީ‏ 16,961,607.18 (ސޯޅަ މިލިޔަން ނުވަ ލައްކަ ފަސްދޮޅަސް އެއް ހާސް ހަ ސަތޭކަ ހަތް ރުފިޔާ އަށާރަ ލާރި) އަށް ކަމަށެވެ. އަދި މި މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު