އަހުމަދު މަސްނޫމް   3 ޖެނުއަރީ 2022 - 22:24
ޕެޓްރޯލް ލިބުން ދަތިވެ، ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމުން ޕެޓްރޯލް ވިއްކުން ކޮންޓްރޯލް ކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް "ވިދާޅުވީ، އެފްއެސްއެމް ފިޔަވައި ރާއްޖެއަށް ތެޔޮ އެތެރެކުރާ ދެ ކުންފުނިކަމަށްވާ ވިލާއާއި ހޯކްސްއިން ތެޔޮ ހުސްވެފައި ވާކަމަށެވެ. އެހެންކަމުން އެ ކުންފުނިތަކުގެ ކަސްޓަމަރުންވެސް މިހާރު ތެޔޮ ގަންނަނީ އެފްއެސްއެމް އަތުންކަމަށް ގަސަމް ވިދާޅުވިއެވެ.

ގަސަމް ވިދާޅުވީ އެހެން ތަންތަނުން ހިދުމަތް ހޯދާ މީހުން އެއްފަހަރާ އެފްއެސްއެމްއިން ހިދުމަތް ހޯދަން ފެށުމުން، ޕެޓްރޯލް ވިއްކުން ކޮންޓްރޯލްކޮށްފައިވާކަމަށެވެ. އަދި ޕެޓްރޯލް ކޮންޓްރޯލް ކޮށްގެން ވިއްކާތާ ދެތިިން ދުވަސް ވެއްޖެ ކަމަށްވެސް ގަސަމް ވިދާޅުވިއެވެ.

ޕެޓްރޯލް ލިބުން ދަތިވިޔަސް ޑީސަލް ވިއްކުމުގައި އެއްވެސް ދަތިކަމެއް ދިމާ ނުވާ ކަމަށް އެފްއެސްއެމުން ބުނެއެވެ.

ނަމަވެސް މީޑިއާތަކަށް މައުލޫމާތު ދެމުން ވިލާ ހަކަތައިން ބުނީ ވިލާގެ ރަސްމީ ހުރިހާ ކަސްޓަމަރުންނާއި އަލަށް އަންނަ ކަސްޓަމަރުންނަށް ވެސް ޕެޓްރޯލާއި ޑީސަލް މިހާރުވެސް ތިލަފުށިން ދޫކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ލަސްވީ، ވިލާ ސިމެންތި އާއި ތެލުގެ ޝިޕްމަންޓެއް ވަގުތެއްގައި އައުމުގެ ސަބަބުން ޖެޓީއަށް ބާރުބޮޑުވެގެންކަމަށް ވިލާއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު