3 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި މިހާތަނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަން ބާއްވަން ހަމަޖެހިފައިވާ 3 ރަށަކީ ހއ. ތަކަންދޫ، ތ، ވިލިފުށި އަދި ގއ. ގެމަނަފުށްޓެވެ.

ހއ. ތަކަންދޫ އަދި ތ. ވިލުފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، 2022 ފެބުރުވަރީ 5 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައި އެކަމަށް ހުޅުވާލި މިދިޔަމަހުގެ 21 ވަނަ ދުވަހުއެވެ. އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ހުޅުވާލީ މިދިޔަމަހުގެ 22 ވަނަ ދުވަހުއެވެ.



އިލެކްޝަންސް ކޮމިޝަނުން ބުނީ މި 3 ރަށުުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލާފައިވާ މުއްދަތު އަންނަ ބުދަދުވަހު ހަމާވާނެކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތުން މި ތިން ދާއިރާގެ އެއްވެސް ގޮނޑިއަކަށް ނަން ހުށަހަޅާފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެހެންކަމުން އެ ދާއިރާތަކަށް ވާދަކުރައްވަން ބޭނުންވާ ފަރާތްތަކުން މުއްދަތު ހަމަަވުމުގެ ކުރިން ފޯމް ހުށަހެޅުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކާއެކު ރައްޔިތުންގެ ވޯޓަކުން އެ ކޮމެޓީއަށް މެންބަރުން ހޮވާ ގޮތަށް ހަމަޖެއްސި ނަމަވެސް ކުރިން އޮންނަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް މެންބަރުން އައްޔަންކުރުމެވެ. ނަމަވެސް އިންތިހާބުކުރާ މެމްބަރުންނަށް ދޭ މުސާރަ ކުޑަވުމުގެ ޝަކުވާ ވަރަށް ގިނަ ކޮމިޓީތަކުން އަންނަނީ ކުރަމުންނެވެ. އެކަމާއި ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މިހާރުވަނީ އަންހެނުންގެ ކޮމިޓީގެ މެންބަރުންގެ މުސާރަ ބޮޑު ކުރަން ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު