ދިވެހިރާއްޖޭގެ ކޮލެޖް އަދި ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް އީ-ލައިބްރަރީއެއްގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.
މިިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ޔޫ.އެން.ޑީ.ޕީގެ އެހީގައި ކުރިއަށް ގެންދާ މި ޚިދުމަތާބެހޭގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނީ ދަރިވަރުންނަށް ފޯރުކޮށްދޭނީ ޖޭސްޓޯރ ލައިބަރަރީގެ ޚިދުމަތް ކަމަށެވެ.
މި ޚިދުމަތް ފޯރުކޮށްދިނުމަށް މިނިސްޓްރީގައި ރަޖިސްޓްރީކޮށް ހިންގަމުންދާ 14 ކޮލެޖް އަދި ޔުނިވަރސިޓީއަކަށް ޖޭސްޓޯރ ސަބްސްކްރިޕްޝަން ސެޓްފިކެޓް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަން ވަނީ މިއަދު ހަވާލުކޮށްދެއްވާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހޯދަމުން އަންނަ ސްޓެޓިސްޓިކްސް ހޯދުމަށް މި އަހަރު އަލަށް ހެދި ޕޯރޓަލްވެސް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަން އިފްތިތާޙްކޮށްދެއްވިއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ދެއްކެވި ވާހަކަފުޅުގައި ކިޔަވައިދިނުމަށް މިފަދަ ލައިބްރަރީއެއްގެ ޚިދުމަތް ދަރިވަރުންނާއި ލެކްޗަރާއިންނަށް ލިބުމުގެ މުޙިއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޖޭސްޓޯރ ފަދަ އީ-ލައިބްރަރީއެއްގެ ޚިދުމަތް ލިބުމަކީ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު އިތުރަށް ހަރުދަނާވާނެކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދު ތަޢާރަފުކުރި ޕޯރޓަލް މެދުވެރިކޮށް ތަފާސް ހިސާބު ހޯދަން ފެށުމުން މިނިސްޓްރީއަށް ބޭނުންވާ ތަފާސްހިސާބުތައް ފަސޭހަކަމާއެކު ލިބި އަދި މިނިސްޓްރީން މަތީތައުލީމާއި ގުޅޭކަންކަމުގައި ހަދާ އުސޫލުތައް ހެދުމުގައި މިމައުލޫމާތުގެ ބޭނުންކުރެވި ހަރުދަނާ އުސޫލުތަކެއް ހެދިގެންދާނެކަމުގައިވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޖޭ-ސްޓޯރ ލައިބްރަރީން އެކި ޑިސިޕްލިންތަކުން 12 މިލިއަނަށްވުރެ ގިނަ އެކެޑެމިކް ޖަރނަލް އަރޓިކަލްތަކާއި ފޮތްތައް ކިޔުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ.

Minister Dr. Ibrahim Hassan officiated the ceremony to celebrate access to JSTOR e-library service to HEIs, with UNDP's financial assistance, and launched the HEIs annual data collection portal. @UNDPMaldives pic.twitter.com/eFGpKNrl9S
— Ministry of Higher Education (@MoHEmv) January 3, 2022
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ދެއްކެވި ވާހަކަފުޅުގައި ކިޔަވައިދިނުމަށް މިފަދަ ލައިބްރަރީއެއްގެ ޚިދުމަތް ދަރިވަރުންނާއި ލެކްޗަރާއިންނަށް ލިބުމުގެ މުޙިއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޖޭސްޓޯރ ފަދަ އީ-ލައިބްރަރީއެއްގެ ޚިދުމަތް ލިބުމަކީ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު އިތުރަށް ހަރުދަނާވާނެކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދު ތަޢާރަފުކުރި ޕޯރޓަލް މެދުވެރިކޮށް ތަފާސް ހިސާބު ހޯދަން ފެށުމުން މިނިސްޓްރީއަށް ބޭނުންވާ ތަފާސްހިސާބުތައް ފަސޭހަކަމާއެކު ލިބި އަދި މިނިސްޓްރީން މަތީތައުލީމާއި ގުޅޭކަންކަމުގައި ހަދާ އުސޫލުތައް ހެދުމުގައި މިމައުލޫމާތުގެ ބޭނުންކުރެވި ހަރުދަނާ އުސޫލުތަކެއް ހެދިގެންދާނެކަމުގައިވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޖޭ-ސްޓޯރ ލައިބްރަރީން އެކި ޑިސިޕްލިންތަކުން 12 މިލިއަނަށްވުރެ ގިނަ އެކެޑެމިކް ޖަރނަލް އަރޓިކަލްތަކާއި ފޮތްތައް ކިޔުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު