ރައީސް ސާލިހު މީގެކުރިން ކޮމަންޑޫއަށް ކުރި ދަތުރުފުޅެއްގެ ތެރެއިން
ރައީސް ސާލިހު މީގެކުރިން ކޮމަންޑޫއަށް ކުރި ދަތުރުފުޅެއްގެ ތެރެއިން
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ލޯންޗުކުރުމަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ލޯންޗުކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެރޭ ކޮމަންޑޫ އެމްޑީޕީ ހަރުގެ ކުރިމަތީގައިކަމަށެވެ.

އެމްޑީޕީން ބުނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ލޯންޗުކުރުމަށް ބާއްވާ ހާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.



ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި 3 ޕާޓީއަކުން ވާދަކުރާއިރު ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ލިބިވަޑައިގެންނެވިއިރު އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީހަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަންބަރު ތިނެކެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ. ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ. އީސީން މިހާރު ވަނީ އެ އިންތިޚާބުގެ އޮބްޒާވަރުންނަށާއި، މޮނިޓަރިންނަށް ވުމުގެ ފުރުޞަތު ވެސް ހުޅުވާލައި، އެ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން ވެސް ޢިއުލާންކޮށްފައެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު