ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނާ މައްސަލަ ފުލުހުން ބަލާކަމަށް ބުނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު މިހެން ވިދާޅުވީ ރައީސް ނަޝީދު ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނެ އަމިއްލަ ޖަމިއްޔާއަކުން ހުށައަޅާފައިވާ މައްސަލައެއް ފުލުހުން ބަލާނެ ކަމަށް އެ މުއައްސަސާއިން ބުނުމާއި ގުޅިގެން ނެވެ.
މިމައްަސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖަމިއްޔަތުލް އިއްތިހާދު ނަމަކަށް ކިޔާ މަދަނީ ޖަމާއަތަކުންނެވެ.
ވައްޑެ ވިދާޅުވީ މިމައްސަލަ ހުށަހެޅީ ދީނުގެކާޑު ކުޅެގެން ބަޣާވާތްކޮށް، ދީނުގެނަމުގައި ހަޑިހުތުރު ސިޔާސީ މަސައްކަތް ހިންގުމުގެ ރެކޯޑްއޮތް ބަޔަކުކަމަށެވެ. އަދި އެފަދަ ބަޔަކު ބުހުތާނު ދޮގު ތުހުމަތެއްގެ ސިޓީއެއް ލީމާ "އެކަން އެބަ ބަލަމޭ" ބުނެ އެއީ "ތެދު ވާހަކައެކޭ" ދޭހަވާފަދަ ބީދަޔަކުން ފުލުސް އޮފީހުން ބުނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްކަމަށް ވައްޑެ ވިދާޅުވިއެވެ.
ޖަމިއްޔަތުލް އިއްތިހާދު ނަމަކަށް ކިޔާ މަދަނީ ޖަމާއަތަކުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ކްރިސްމަސް މުނާސަބަތުގެ ޝިއާރު ފެންނަހެން ފޮޓޯއެއް ރައީސް ނަޝީދު އާންމު ކުރެއްވި ކަމަށް ބުނެއެވެ.
އެ ޖަމިއްޔާއިން ބުނީ މިފަދަ މައްސަލައެއް އެ ޖަމިއްޔާގެ ފަރާތުން ޖެނުއަރީ 17، 2020 ގައި ވެސް ފުލުހުންގެ މުއައްސަސާއަށް ހުށަހެޅިކަމަށެވެ. އަދި ރައީސް ނަޝީދުގެ އެ އަމަލަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި ޚިލާފު އަމަލެއް ކަމުގައި އެ ޖަމިއްޔާއިން ތުހުމަތު ކޮށްފައިވެއެވެ.

ދީނުގެކާޑުގެ ކުޅެގެން ބަގާވާތްކޮށް، ދީނުގެނަމުގައި ހަޑިހުތުރު ސިޔާސީ މަސައްކަތް ހިންގުމުގެ ރެކޯޑްއޮތް ބަޔަކު، ބުހުތާނު ދޮގު ތުހުމަތެއްގެ ސިޓީއެއް ލީމާ “އެކަން އެބަބަލަމޭ” ބުނެ އެއީ “ތެދު ވާހަކައެކޭ” ދޭހަވާފަދަ ބީދަޔަކުން ފުލުސް އޮފީހުން ބުނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް.
— Waddey (@waddey_) January 3, 2022
ޖަމިއްޔަތުލް އިއްތިހާދު ނަމަކަށް ކިޔާ މަދަނީ ޖަމާއަތަކުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ކްރިސްމަސް މުނާސަބަތުގެ ޝިއާރު ފެންނަހެން ފޮޓޯއެއް ރައީސް ނަޝީދު އާންމު ކުރެއްވި ކަމަށް ބުނެއެވެ.
އެ ޖަމިއްޔާއިން ބުނީ މިފަދަ މައްސަލައެއް އެ ޖަމިއްޔާގެ ފަރާތުން ޖެނުއަރީ 17، 2020 ގައި ވެސް ފުލުހުންގެ މުއައްސަސާއަށް ހުށަހެޅިކަމަށެވެ. އަދި ރައީސް ނަޝީދުގެ އެ އަމަލަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި ޚިލާފު އަމަލެއް ކަމުގައި އެ ޖަމިއްޔާއިން ތުހުމަތު ކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު