ބައެއް ފަރާތްތަކުން ސިޔާސީ ފައިދާ ހޯދަންވެސް ބޭނުންކުރަން އޮތީ ރައީސް ނަޝީދުގެ ނަންފުޅުކަމަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.

ޝިއްޕެ މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޣައިރު ދީން ފަތުރާކަމަށް ބުނެ ރާއްޖޭގެ މަދަނީ ޖަމިއްޔާއަކުން ފުލުހުންނަށް މައްސަލައަކާއި ގުޅިގެން އެމައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފައިވާތީ އެކަމަށް ރައްދުދެއްވަމުންނެވެ.

ޝިއްޕެ ވިދާޅުވީ ބައެއް ފަރާތްތަކުން ސިޔާސީ ފައިދާއެއް ހޯދުމަށްވެސް ބޭނުންކުރަން އޮތީ ހަމަ ރައީސް ނަޝީދުގެ ނަންފުޅުކަމަށެވެ. ނަމަވެސް ޣައިރު ދީން ފަތުރާކަމަށް ބުނެ ރައީސް ނަޝީދުގެ ނަންފުޅު ބޭނުންކޮށްގެން ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން އެމަނިފާނާ ދިމާކުރުމަކީ ލަދުވެތި، އަދި ފިނޑި އަމަލެއްކަމަށް ޝިއްޕެ ވިދާޅުވިއެވެ. އަދި މިއީ ފިތުނަވެރިކަމަށް ހިންގާ ނާތަހުޒީބު އަމަލެއްކަމަށްވެސް ޝިއްޕެ ވިދާޅުވިއެވެ.

"ސިޔާސީ ފައިދާއެއް ހޯދުމަށްވެސް ބޭނުންކުރަން އޮތީ ހަމަ ރައީސް ނަޝީދުގެ ނަންފުޅްކަމަށް ވިޔަސްވެސް، މިޒާތަކަށް އެމަނިފާނާ ދިމާކުރުމަކީ ލަދުވެތި، އަދި އެހާމެ ފިނޑި ކަމެއް. މިއީ ފިތުނަވެރިކަމަށް ހިންގާ ނާތަހުޒީބު އަމަލެއް." ޝިއްޕެ ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފުވެސް ވަނީސިޔާސީ ބޭނުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނުރައްކަލުގެ ކުރިމައްޗަށް ނުނެރުއްވުމަށް އިލްތިމާސްކުރައްވާފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ 6 މޭ ހަމަލާއަކީ ރައީސް މުހައްމަދު ނަޝީދާއިމެދު ފިތުނަވެރިކަމަާއި ރުޅިވެރިކަން ފެތުރުމަށް ރޭވުންތެރިކަމާއެކު ބަޔަކު ހިންގި އެޖެންޑާގެ ނަތީޖާކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ މަސައްކަތް އަދިވެސް އެދަނީ ކުރިއަށްކަމަށާއި ސިޔާސީ ބޭނުމަށް ރައީސް ނަޝީދު ނުރައްކަލުގެ ކުރިމައްޗަށް ނުނެރުއްވުމަށް ހަސަން ލަތީފް އިލްތިމާސްކުރެއްވިއެވެ.

ޖަމިއްޔަތުލް އިއްތިހާދު ނަމަކަށް ކިޔާ މަދަނީ ޖަމާއަތަކުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ކްރިސްމަސް އީދުގެ މުނާސަބަތުގައި އެދީނުގެ ޝިއާރު ފެންނަހެން ފޮޓޯއެއް ރައީސް ނަޝީދު އާންމު ކުރެއްވި ކަމަށް ބުނެއެވެ. އަދި ފުލުހުން ވަނީ އެމައްސަލަ ބަލާކަން ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު


2

އިދު

06-Jan-2022

ނަންފުޅޭ. ހަރުބީ ކާފަރުންނަކީ ދަރަޖަ މަތިވެރި ބައެއްނޫން. ނަޝީދަކީ ކާފަރެއް


-7

ހައްވަ

06-Jan-2022

ނޫނޭ ވެބްކެމް ބޭނުން ކުރެވޭނެދޯ, ސިއްޕެ