މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގުޅިގެން، އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.
އެސް.ޓީ.އޯ އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ގުޅިގެން ހިންގާ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާހް ކުރުމަށްޓަކައި މިއަދުވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްމާއިލެވެ.
މި ޕްރޮގްރާމުގެ މަގްސަދަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީ ފެންވަރުގައި ހުޅުވާލުމެވެ. މިގޮތުން މިފުރުސަތުގައި ޖުމްލަ 6 ދާއިރާއަކުން 26 ޖާގައަށް ފުރުސަތު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގެ މުއްދަތަކީ 6 މަސްދުވަހެވެ. މި ހަމަސް ދުވަހުގެތެރޭގައި، މަސައްކަތުގެ މާހައުލުގައި ބައިވެރީން މަދުވެގެން 800 ގަޑިއިރު ތަމްރީނު ކުރެވޭނެއެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓެއް ލިބޭނެއެވެ. މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ("އެމް.އެން.އެސް.ޑީ.އޭ") ގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް" ތަކާއި އެއްގޮތަށެވެ.
މި ޕްރޮގްރާމުގައި އެސް.ޓީ.އޯގެ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެޕްރެންޓިހުން ކުރާ މަސައްކަތާއި އެކަށީގެންވާ އެލަވަންސެއް އެސް.ޓީ.އޯއިން ހަމަޖައްސައިދޭނެއެވެ.
މި ޕްރޮގްރާމް ހިންގުމަށް އެސް.ޓީ.އޯ އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ދެމެދު ވަނީ އެމްއޯޔޫއެއް ގާއިމްކޮށްފައެވެ. އަދި މި އެމް.އޯ.ޔޫގެ ދަށުން މީލާދީ 3 އަހަރު ދުވަހުގެ މުއްދަތަށް މިޕްރޮގްރާމް ދެމިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު