ވ. ވަށުގިރީގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރުމާއި ގުޅިގެން އެރަށުގައި ރިސޯޓް ތަރައްގީކުރި ކުންފުނި 5 ލައްކައަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން މިއަދު ބުނީ ވަށުގިރި ޕްރައިވެޓް ލިމިޓެޑުން ވ. ވަށުގިރީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ކޮށްފައިވަނީ ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާއި ހިލާފަށްކަމަށެވެ. އެހެންކަމުން ގާނޫނާއި ގަވާއިދުތަކަށް ރިޔާއަތްކުރުމަށްފަހު 593،750 (ފަސް ލައްކަ ނުވަދިހަ ތިންހާސް ފައްސަތޭކަ ފަންސާސް ) ރުފިޔާއިން ވަށުގިރި ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފައިވާކަމަށް އީޕީއޭއިން ބުނެފައިވެއެވެ.



މިޖޫރިމަނާ ފައިސާ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް ވެސް އެފަރާތަށް ވަނީ އަންގާފައެވެ.

ރިސޯޓް ތަރައްގީކުރަން ވ. ވަށުގިރި ހަވާލުކުރީ، 2015 ވަނަ އަހަރުއެވެ. އެރަށް ދޫކޮށްފައިވަނީ 50 އަހަރުގެ މުއްދަކަށެވެ. އަދި އެރަށުގައި މިދިޔަ އަހަރު ވަނީ 50 ކޮޓަރީގެ ރިސޯޓެއް ހުޅުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު