ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވި ނ. މާފަރު ރައްޔިތުންނާ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާފަރު ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙު ވިދާޅުވީ މާފަރު އެއަރޕޯޓާއެކު، މާފަރާއި، ނ. އަތޮޅުގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާކަމަށާއި އެހެންނަމަވެސް އަދިވެސް އެއަރޕޯޓުގެ ޚިދުމަތް އިތުރަށް ފުރިހަމަ ކުރަންޖެހޭކަމަށެވެ. އެހެންކަމުން އެއަރޕޯޓުގެ ޖާގަ އިތުރުކޮށް ބޮޑުކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ނުކުރެވި ލަސްވެގެންދިޔައީ ބިޑް މަރުހަލާގައި ދިމާވި މައްސަލަތަކެއްގެ ސަބަބުންކަމަށާއި ނަމަވެސް އެއަރޕޯޓު ބޮޑުކުރުމުގެ މަސައްކަތުގެ ބިޑް މަރުހަލާ ނިންމައި މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާފަރު އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން ރަންވޭގެ ޖާގަ އިތުރުކޮށް، ޓަރމިނަލްވެސް ބޮޑުކުރާނެކަމަށާއި އަދި އެއަރޕޯޓުން ފްލައިޓްތަކަށް ތެޔޮއެޅޭނެ އިންތިޒާމްވެސް ހަމަޖައްސާނެކަމަށެވެ. މީގެއިތުރުން، އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެއަރޕޯޓުގައި ހޮޓަލެއް ތަރައްޤީކުރާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާފަރަކީ ގިނަ ޢަދަދެއްގެ ބަޔަކު އަރާފައިބާ ރަށަކަށްވެފައި، ރަށުގައި ފުރިހަމަ ޞިއްހީ ނިޒާމެއް ޤާއިމުވެފައި އޮތުމުގެ މުހިއްމުކަން ވެސް ފާހަގަކުރައްވާފައެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި މާފަރު ސިއްހީ މަރުކަޒު ބޮޑުކޮށް، ރަނގަޅު ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުން ހިމަނާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ފުރާވަޑައިގަތީ މިއަދު ހެނދުނުއެވެ. މިގޮތުން، އެމަނިކުފާނު ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ ނ. މާފަރަށާއި، ލަންދޫއަށާއި، މަނަދޫއަށާއި، މަގުދޫ އަދި ހޮޅުދޫއަށެވެ.
މި ރަށްތަކަށް ކުރައްވާ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅު ކައުންސިލާއި، ވަކި ވަކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އެމަނިކުފާނު ދަތުރުކުރައްވާ ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ލަންދޫ މިސްކިތާއި، ބަނދަރު ހުޅުއްވައި ދެއްވުމަށާއި، މަގޫދޫގައި އަލަށް ޢިމާރާތްކޮށްފައިވާ އިންޖީނުގެ ހުޅުއްވައި ދެއްވުމަށާއި، ހޮޅުދޫ ފުޓްބޯޅަދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރަމުން ގެންދަނީ ވައުދުތައް ފުއްދުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި. ގިނަ ރަށްރަށުގައި %99 - %85 ވައުދުތައް ފުރިހަމަވެއްޖެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި.#JazeeraHolhuashi pic.twitter.com/QIvzhHlBoK
— The President's Office (@presidencymv) January 4, 2022
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ފުރާވަޑައިގަތީ މިއަދު ހެނދުނުއެވެ. މިގޮތުން، އެމަނިކުފާނު ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ ނ. މާފަރަށާއި، ލަންދޫއަށާއި، މަނަދޫއަށާއި، މަގުދޫ އަދި ހޮޅުދޫއަށެވެ.
މި ރަށްތަކަށް ކުރައްވާ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅު ކައުންސިލާއި، ވަކި ވަކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އެމަނިކުފާނު ދަތުރުކުރައްވާ ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ލަންދޫ މިސްކިތާއި، ބަނދަރު ހުޅުއްވައި ދެއްވުމަށާއި، މަގޫދޫގައި އަލަށް ޢިމާރާތްކޮށްފައިވާ އިންޖީނުގެ ހުޅުއްވައި ދެއްވުމަށާއި، ހޮޅުދޫ ފުޓްބޯޅަދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު