ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުން ނުދާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ކްރިސްމަސް ތަހުނިޔާ ފޮނުއްވާފައިވާ ކަމަަށް ބުނެ ރާއްޖޭގައި އެހެން ދީންތަކުގެ ޝިއާރު ފަތުރަން އެމަނިކުފާނު މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކޮށް، އަމިއްލަ ޖަމިއްޔާއަކުން ފުލުހުންނަށް ވަނީ މައްސަލައެއް ހުށައަޅާފައެވެެ. ފުލުހުންގެ އިދާރާއިން މީޑިޔާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޖަމިއްޔަތުލް އިއްތިހާދުގެ ސިޓީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުލުހުން ބެލިބެލުމުން ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭފަދަކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން އެސިޓީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން ފުލުހުންގެ ފަރާތުން ތަހުގީގެއް ކުރިއަށް ނުގެންދާ ކަމަށް އެ މެސެޖްގައި ބުނެފައިވެއެވެ.
އަދި ފުލުހުން ބެލިބެލުމުން ސިޓީ ހުށަހަޅާފައިވަނީ ދައުލަތުގެ އެއްވެސް އިދާރާއެއްގައި ރަޖިސްޓްރީކުރެވިގެން ހިންގާ ގާނޫނީ ސަހުސަކުންކަމުގައި ނުވާތީ އެސިޓީއާމެދު އަމަލުކުރިގޮތް އެސިޓީ ފޮނުވިފަރާތަށް އަންގާފައި ނުވާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެެއެެވެ.
ފުލުހުން ބުނީ އިސްލާމްދީނާއި ހިލާފަށް ރާއްޖޭގައި ބައެއް ފަރާތްތަކުން ހިންގާ ކަންކަމަކީ އެހިދުމަތުން ވަރަށް އިސްކަމެއްދީގެން ތަހުގީގުކުރަމުންދާ އަދި މުސްތަގުބަލުގައިވެސް ތަހުގީގުކުރާނެ މައްސަލަތަކެެއް ކަމަށެވެ.
"ނަމަވެސް އެސިޓީގައި ފާހަގަކޮށްފައިވަނީ މިފަދަ ކަމެއްގެ މައުލޫމާތެއް ނޫންކަންވެސް ފާހަގަކުރަން." ފުލުހުން މީޑިޔާތަކުގެ ވަޓްއަޕްސް ގުރޫޕަށް ފޮނުވި މެސެޖްގައިވެއެވެެ.
ރައީސް ނަޝީދަކީ ލާދީނީ މީހެކޭ ބުނެ ފަތުރަމުންދާ އިލްޒާމުތައް ހުއްޓުވައިދިނުމަަށް ރައްޔިތުންގެ މަޖިލީހުގެ އެމަނިކުފާނު މިއަދު ވަނީ އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ދީނީ ހަރުކަށި މީހުން ހިތްރުހޭ ރާގަށް އެމަނިކުފާނާ މެދު އެފަދަ ތުހުމަތުތައް ކުރަމުންދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އެފަދަ ވާހަކަތަށް ފެތުރުމުގެ ބޭނުމަކީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާ ކުރުން ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެެ.

ކިޔުންތެރިންގެ ހިޔާލު