ރާއްޖެއިން މިއަދު 282 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ބަލީގެ ނުރައްކާ އަނެއްކާވެސް ބޮޑުވާން ފަށައިފިއެވެ.
މިއަދު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 66 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 162 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 97 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 60 މީހަކު ހިމެނެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުވެސް މިއަދު ވަނީ ކޯވިޑްގެ ބިރުވެރިކަމުގެ އިންޒާރެއް ރައްޔިތުންނަށް ދެއްވާފައެވެ. ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި ހަވާލާދެއްވައި އެމަނިކުފާނު މިއަދު ވިދާޅުވީ ކުރިއަށް އޮތް ތިން ހަފުތާއަކީ ކޯވިޑްގެ އާވޭރިއަންޓާއެކު ރާއްޖޭގައި ވެސް ބަލީގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެގެންދާނެ ތިން ހަފުތާ ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވާފައިވާ ކަމަށެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 96،522 އަށް އަރާފައެވެ. އަދި އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް އެކްޓިވް ކޭސްތައް ނުވަތަ ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2،702 ގައެވެ.
އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 12 މީހުންނަށެވެ. އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 4،801 ސާމްޕަލް ނަގާފައިވާ ކަމަށެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 263 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު