ފ. ފީއަލިން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ "އަލަމާ 5" ދޯނި ވ. އަތޮޅު ފުއްސަރު ފަޅާ ދިމާއިން ހަތަރު ނޯޓިކަލް މޭލު ބޭރުން މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެން ދޯންޏަށް ދިޔަވެ، ހިނގި ހާދިސާގައި ދޯނިން ގެއްލުނު ތިން މީހުންގެ ތެރެއިން ދެމީހެއްގެ މައުލޫމާތު ފުލުހުން މިރޭ ހާމަކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ މި ދޯނިން ގެއްލިފައިވާ ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ކ. ގުރައިދޫ/ ނަލަވާ، އާދަމް ޝަފީޤް (32އ) އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަސަދުލް އިސްމާލް (37އ) އެވެ.
ގެއްލިފައިވާ ތިންވަނަ މީހާއަކީ ބިދޭސީ ފިރިހެނެއް ކަމަށާއި އެމީހާގެ މައުލޫމާތު ހޯދައި، ވެރިފައިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދާ އަލަމާ-5، ދޯނީގެ ފަޅުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާތަނަށް ކަނޑާއި ވައިގެ މަގުން 2720 އަކަ ނޯޓިކަލްމޭލްގެ ސަރަޙައްދެއް ބަލާފައިވާ ކަމަށެވެ. ފަޅުވެރިން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާއިރު މި ކަމުގައި ހަރަކާތްތެރިވަމުން އަންނަނީ އެމްއެންޑީއެފް ޑޯނިއަރ ފްލައިޓާއި ކޯސްޓްގާޑް އެކޯ-905 ސީ އެމްބިއުލާންސް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. ގެއްލުނު ދޯނިން ކަނޑަށް ދޫވެފައިވާ ކަމަށް. ބެލެވޭ ސާމާނުތަކެއް އޮޔާދާ ކަަމަށްވެސް އެމްއެންޑީއެފުން މިއަދު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު