ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓްގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ކޮމަންޑޫއަށް ވަޑައިގައިގަތުމަށް ހަމަޖެހިއްޖެއެވެ.
"ރަސް އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވީ ބައި އިލެކްޝަންގެ ކެމްޕެއިނަށް ރައީސް ޔާމީން ކޮމަންޑޫއަށް ވަޑައިގަންނަވާނީ އަންނަ ހަފްތާގެ ހުކުރުދުވަހުކަމަށެވެ. ނަމަވެސް އެ ދަތުރުފުޅުގެ އިތުރު އެއްވެސް ތަފްސީލެއް ނުދެއްވައެވެ.
ހުކުރު ދުވަހު ރައީސް ޔާމީން ކޮމަންޑޫއަށް ވަޑައިގަންނަވާއިރު އަންނަ ހުކުރުދުވަހު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ލޯންޗުކުރުމަށް އެމްޑީޕީން ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގަންނަވާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި 3 ޕާޓީއަކުން ވާދަކުރާއިރު ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ލިބިވަޑައިގެންނެވިއިރު އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަންބަރު ތިނެކެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް ނިއްމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ.
ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ. އީސީން މިހާރު ވަނީ އެ އިންތިޚާބުގެ އޮބްޒާވަރުންނަށާއި، މޮނިޓަރިންނަށް ވުމުގެ ފުރުޞަތު ވެސް ހުޅުވާލައި، އެ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން ވެސް ޢިއުލާންކޮށްފައެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު