މިދިޔަ މޭމަހު ދިން ބޮމުގެ ހަމަލާގައި ލިބުނު ގެއްލުންތަކަށް ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވިއިރު އަޒުމް ކަނޑައެޅުއްވީ 30 މިނެޓް ތެރޭގައި 5 ކިލޯމީޓަރަށް ދުވެވަޑައިގެންނެވޭތޯ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވިދާޅުވީ ފަރުވާއަށް ޖަރުމަންވިލާތުގެ ހޮސްޕިޓަލްގައި އޮންނެވިއިރު އަޒުމެއް ކަނޑައެޅުއްވިކަމަށެވެ. އެގޮތުން ކަނޑައެޅުއްވި އަޒުމަކީ 30 މިނެޓް ތެރޭގައި 5 ކިލޯމީޓަރު ދުވެވަޑައިގެން ނިންމެވޭތޯ ކަމަށާއި، އެކަން އިރާދަކުރެއްވިޔާ ވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ ދުވުމާބެހޭގޮތުން ތަފްސީލް ހާމަކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދު އެމަނިކުފާނު ދުވެވަޑައިގެންފައިވަނީ 5.03 ކިލޯމީޓަރަށް 34.01 މިނެޓްގެ ތެރޭގައި ކަމަށެވެ.
ބޮމުގެ ހަމަލާއަށްފަހު ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ޖަރުމަންވިލާތަށެވެ. އަދި ޖަރުމަންވިލާތުގައި ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު އެމަނިކުފާނު އިނގިރޭސިވިލާތަށްވެސް ވަޑައިގެންނެވިއެވެ.
ބޮމުގެ ހަމަލާއަށް ފަރުވާ ހޯއްދެވިއިރުގެ ހަނދާންފުޅުތަކެއް ރައީސް ނަޝީދު މިއަދު އާކުރައްވާފައިވާއިރު، އެމަނިކުފާނާއި ދެކޮޅަށް ނަފްރަތު އުފެއްދުމަށް ކުރާ މަސައްކަތްތައް އަދިވެސް ހުއްޓާނުލާކަމަށް ބުނެ އެމްޑީޕީގެ ލީޑަރޝިޕުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރައީސް ނަޝީދު ވެސް ވަނީ އެމަނިކުފާނާއި ގުޅޭގޮތުން ދައްކާ ދޮގު ވާހަކަތައް ތަހުގީގްކޮށްދެއްވުމަށް ގޮވާލައްވާފައެވެ.

Alhugadu maraalumah dhin hamalaa ah fahu German hospital gai ove, amilla nafsahvee eh vaudhakee anehkaves 30 minute ah vure dhashun 5K dhuvun. Iraadhakureviyya mikan vaane. pic.twitter.com/v9iWHVACz0
— Mohamed Nasheed (@MohamedNasheed) January 5, 2022
ބޮމުގެ ހަމަލާއަށްފަހު ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ޖަރުމަންވިލާތަށެވެ. އަދި ޖަރުމަންވިލާތުގައި ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު އެމަނިކުފާނު އިނގިރޭސިވިލާތަށްވެސް ވަޑައިގެންނެވިއެވެ.
ބޮމުގެ ހަމަލާއަށް ފަރުވާ ހޯއްދެވިއިރުގެ ހަނދާންފުޅުތަކެއް ރައީސް ނަޝީދު މިއަދު އާކުރައްވާފައިވާއިރު، އެމަނިކުފާނާއި ދެކޮޅަށް ނަފްރަތު އުފެއްދުމަށް ކުރާ މަސައްކަތްތައް އަދިވެސް ހުއްޓާނުލާކަމަށް ބުނެ އެމްޑީޕީގެ ލީޑަރޝިޕުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރައީސް ނަޝީދު ވެސް ވަނީ އެމަނިކުފާނާއި ގުޅޭގޮތުން ދައްކާ ދޮގު ވާހަކަތައް ތަހުގީގްކޮށްދެއްވުމަށް ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު