ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ފެނިވަޑައިގަތުމުން ދެއްވަންޖެހޭ އެއްޗެއް ނޫންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ޕީޕީއެމުން އިސްނަގައިގެން މާލޭގައި ބާއްވަމުން އަންނަ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން މިއަދު ބޭއްވި ހިނގާލުމުން ބަޔަކު ހައްޔަރުކުރުމާއި ގުޅިގެންނެވެ.

މިކަމާއި ނުރުހުން ފާޅުކުރަށްވައި ޝިޔާމް ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ރައީސް ސާލިހަށް ފެނިވަޑައިގަތީމަ ދެއްވާ އެއްޗެއް ނޫންކަމަށެވެ.

ޝިޔާމް ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫން އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދޭ އަސާސީ ހައްޤެއްކަމަށެވެ. އަދި ޕުލުހުންގެ އަމަލުތަކަކީ ޣައިރު ޤަނޫނީ އަމަލުތަކެއްކަމަށް ވިދާޅުވެ މިއަދު ހައްޔަކުރި މީހުން ވަގުތުން ދޫކޮށްލުމަށް ޝިޔާމް ގޮވާލެއްވިއެވެ.



ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ނުގެންދެވޭނެކަމަށް ސަރުކާރުން ވަނީ އަންގާފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ އެއީ ގާނޫނު އަސާސީއާ ހިލާފު އެންގުމެއްކަމަށް ބުނެ އެ ހަރަކާތްތައް ބާއްވަމުންނެވެ. އަދި ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގަތްފަހު އެ ހަރަކާތް ވަނީ ވަރުގަދަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު