ޕީޕީއެމުން އިސްނަގައިގެން މާލޭގައި ބާއްވަމުން އަންނަ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން މިއަދު ބޭއްވި ހިނގާލުމުން ބަޔަކު ހައްޔަރުކުރީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުންކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އިދިކޮޅު ޕީޕީއެމުން މިއަދު ބޭއްވި ހަރަކާތުގެ ތެރެއިން 11 މީހަކު ހައްޔަރުކުރިކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 9 އަންހެނުންނާއި 2 ފިރިހެނުންނެވެ.
ފުލުހުން ބުނީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައިކަމަށެވެ.
ޕީޕީއެމުން އިސްނަގައިގެން މާލޭގައި ބާއްވަމުން އަންނަ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން މިއަދު ބޭއްވި ހިނގާލުމުން ބަޔަކު ހައްޔަރުކުރުމާއި ގުޅިގެން ޕީޕީއެމްގެ ލީޑަރޝިޕުން އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ނުގެންދެވޭނެކަމަށް ސަރުކާރުން ވަނީ އަންގާފައެވެ. ނަމަވެސް އެއީ ގާނޫނާ ޚިލާފު އެންގުމެއްކަމަށް ބުނެ އިދިކޮޅުން އެ ހަރަކާތް ހުއްޓައެއް ނުލައެވެ.

ކިޔުންތެރިންގެ ހިޔާލު