ދިވެހިރާއްޖެއާއި އިޒްރޭލާ ދެމެދު ގުޅުން ޤާއިމްކުރަން އުޅޭކަމަށް ބުނެ ފަތުރާ ހަބަރުތައް ސަރުކާރުން ދޮގުކޮށްފިއެވެ.
ހާރިޖީ ވުޒާރާއިން މިއަދު ބުނީ ދިވެހިރާއްޖެއާ އިޒްރޭލާ ދެމެދު ގުޅުން ޤާއިމްކުރަން އުޅޭކަމަށް ބޭރުގެ ބައެއް މީޑިއާތަކާ ޙަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި އެކަމާއި ގުޅިގެން ބައެއް މީޑިއާތަކުން ސުވާލުކުރަމުންދާކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖެއާއި އިޒްރޭލާއި ދެމެދު ގުޅުން ޤާއިމްކުރުމުގެ މަސައްކަތެއް އަދި މަޝްވަރާއެއްވެސް ސަރުކާރުން ނުކުރާކަމަށެވެ.
ރާއްޖެއާއި އިސްރާއީލާއި ދެމެދު ގުޅުން ގާއިމްކުރުމަށް އުޅޭކަމަށް ބުނެ އިސްރާއީލުގެ "ދަ ޓައިމްސް އޮފް އިޒްރާއިލް" ނޫހާއި ހަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ ހަބަރުތަކެއް ފަތުރާފައެވެ.
އިސްރާއީލު ނޫހުގައިވާ ގޮތުން އިސްރާއީލާއި ރާއްޖެއާ ދެމެދު ގުޅުން ގާއިމްކުރުމުގެ މަޝްވަރާތަކެއް ނުވަތަ ވާހަކަތަކެއް އަނާނަނީ ދެކެވެމުންނެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ރަސްމީކޮށް ކަމެއްް އިއުލާންކުރާނެ ދުވަހެއް ނޭނގޭކަމަށް އެ ނޫހުން ބުނެއެވެ.
ފަލަސްތީނުގެ މުސްލިމުން އެމީހުންގެ ބިމުން ބޭރުކޮށް، އެމީހުންގެ ބިންތަކަށް ވެރިގަނެގެން އުޅޭ ޔަހޫދީ ދައުލަތެއް ކަމަށްވާ އިސްރާއީލަކީ ރާއްޖެއިން ކުރިން ގުޅުން ބޭއްވި ގައުމެކެވެ. ނަމަވެސް 1970ގެ އަހަރުތަކުގައި އެ ގުޅުން ވަނީ ކަނޑާލާފައެވެ. އޭގެފަހުން އިސްރާއީލަށް ރާްއްޖޭގެ އިސް އޮފިޝަލަކު ވަޑައިގަތީ ރައީސް ނަޝީދުގެ ވެރިކަމުގައި ކުރީގެ ފޮރިން މިނިސްޓަރ އަދި މިހާރުގެ ހެލްތު މިނިސްޓަރ އަހުމަދު ނަސީމެވެ. އެއީ 2009 ވަނަ އަހަރުއެވެ. އަދި މިދިޔަ އަހަރުފަހުކޮޅު އިސްރާއީލުގެ މިހާރުގެ ބޮޑު ވަޒީރު ނަފްތަލީ ބެނެޓް ވަނީ "ޗުއްޓީ" ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު