ޗައިނާގެ ފޮރިން މިނިސްޓަރު ވަން ޔީ ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގަތަސް، ރަސްމީ މަޝްވަރާތައް ފަށްޓަވާނީ ހޮނިހިރުދުވަހުކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވަން ޔީ ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގަންނަވާނެކަން މީގެކުރިން ހާމަކޮށްފައިވާއިރު، ދަތުރުފުޅުގެ އިތުރު ތަފްސީލް ސަރުކާރުން މިހާރު ވަނީ ހާމަކޮށްފައެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވާން ޔީގެ މި ދަތުރުފުޅުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ރާއްޖެއާ ޗައިނާއާއި ދެމެދު ރަސްމީ ވާހަކަތައް ބާއްވާ، މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައިވާ ޚާރިޖީ ގުޅުން ބަދަހި ކުރުމުގެ ގޮތުން އިތުރު އެމްއޯޔޫތަކެއްގައި ސޮއިކުރަން ހަމަޖެހިފައިވާކަމަށްވެސް ސަރުކާރުން ބުނެއެވެ.
މީގެ އިތުރުން، ޗައިނާއާއި ރާއްޖެއާ ދެމެދު ޑިޕްލޮމަޓިކް ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް މުޅި މި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ ހަރަކާތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރާނެއެވެ. އަދި އެ މުނާސަބަތާ ގުޅުވައި ބޭނުން ކުރާނެ ޚާއްސަ ލޯގޯއެއް ވެސް އިފްތިހާހް ކުރާނެއެވެ.
ޗައިނާގެ ހާރިޖީ ވަޒީރު ވަން ޔީ ރާއްޖެ ވަޑައިގަންނަވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށެވެ. މިނިސްޓަރ ޝާހިދު ވަނީ މިއަހަރުގެ ނޮވެމްބަރުމަހު ޗައިނާއަށް ޒިޔާރަތް ކުރައްވާފައެވެ.

During the visit, the two sides will launch the celebration events of the 50th anniversary of 🇨🇳🇲🇻diplomatic relations and sign several documents of cooperation. pic.twitter.com/k2oKKlOSzJ
— Embassy of China in Maldives (@ChinaEmbassy_MV) January 5, 2022
މީގެ އިތުރުން، ޗައިނާއާއި ރާއްޖެއާ ދެމެދު ޑިޕްލޮމަޓިކް ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް މުޅި މި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ ހަރަކާތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރާނެއެވެ. އަދި އެ މުނާސަބަތާ ގުޅުވައި ބޭނުން ކުރާނެ ޚާއްސަ ލޯގޯއެއް ވެސް އިފްތިހާހް ކުރާނެއެވެ.
ޗައިނާގެ ހާރިޖީ ވަޒީރު ވަން ޔީ ރާއްޖެ ވަޑައިގަންނަވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށެވެ. މިނިސްޓަރ ޝާހިދު ވަނީ މިއަހަރުގެ ނޮވެމްބަރުމަހު ޗައިނާއަށް ޒިޔާރަތް ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު