ކޮވިޑުން ރައްކާތެރިވުމަށް ފައިޒަރ ކުންފުނިން އުފައްދާފައިވާ ވެކްސިނުގެ ބޫސްޓަރ ޑޯޒު ކުޑަކުދިންނަށް ދިނުމަށް އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ހުއްދަ ދީފިއެވެ.

ސީޑީސީން ހާމަކޮށްފައިވާގޮތުގައި ބޫސްޓަރ ޑޯޒު ފުރިހަމަ ކުރާ ފަރާތްތަކުން ކަރަންޓީނުވާން ނުޖެހުމާއިއެކު، މި ބޫސްޓަރ ޑޯޒުގެ ސަބަބުން ކުޑަކުދިންގެ މެދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްވެސް އިތުރުން ހިތްވަރެއް ލިބިގެން ދާނެއެވެ. އަދި ސްކޫލްތައް ބަންދު ނުކޮށް ކިޔެވުމަށް ބުރޫއެރުން ދަށްކުރެވިގެން ދާނެއެވެ.

އެގޮތުން މިއަދުން ފެށިގެން މި ބޫސްޓަރ ޑޯޒު އުމުރުން 12 އަހަރުން މަތީގެ ކޮންމެ އުމުރު ފުރާއެއްގެ މީހުންނަށް ބޭނުން ކުރެވޭނެ ކަމަށް ސީޑީސީން ބުނެއެވެ.

އެމެރިކާގައި ފައިޒަރ ކުންފުނީގެ ކޮވިޑް ވެކްސިން އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިން ބޭނުން ކުރުމަށް ހުއްދަދީފައިވަނީ ހުސްވި އަހަރުގެ މެއި މަހުއެވެ. އޭރު މިވެކްސިނުގެ ދެޑޯޒް ހަމަކުރުމަށް އިލްތިމާސްކޮށްފައިވާއިރު، މިވެކްސިނުގެ ތިންވަނަ ޑޯޒު ނުވަތަ ބޫސްޓަރ ޑޯޒު ކުޑަކުދިންނަށް ދިނުމަށްވެސް މިހާރުމިވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން