ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީކޮށްފައިވާ އައު ވީއައިޕީ ޓަރމިނަލް މާދަމާ ބޭނުންކުރަން ފަށާނެކަމަށް އެމްއޭސީއެލުން ހާމަކޮށްފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި 4 ބުރިއަށް ވީއައިޕީ ޓަރމިނަލް ތަރައްގީކުރުމުގެ މަސައްކަތް 2018 ވަނަ އަހަރު ފެށީ މިހާރު ބޭނުންކުރާ ވީ.އައި.ޕީ ލައުންޖަކީ ޖާގައިގެގޮތުން އެހާ ތަނަވަސް ތަނަކަށްނުވުމުންނެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެ އަންނަ ބޭރުގެ މުއްސަނދި ފަތުރުވެރިންނާއި، މަޝްހޫރު ސެލެބްރިޓީންނާއި، ޢިއްޒަތްތެރިންނަށް ބޭނުންވާ ޕްރައިވެސީ އެންމެ ފުރިހަމަ ގޮތުގައެއް އެލައުންޖުން ނުލިބޭކަމުގެ ޝަކުވާ އޮންނަނީ ބޮޑުވެފައެވެ.
އެމްއޭސީއެލުން އަލަށް ތަރައްޤީކުރި ވީ.އައި.ޕީ ޓަރމިނަލަކީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރި ތަނެކެވެ.
އެމްއޭސީއެލުން ބުނީ މާދަމާވީއައިޕީ ޓާމިނަލްގެ ފުރަތަމަ ފިޔަވަހި ހުޅުވާނެކަމަށެވެ. އަދި މާދަމާއިން ފެށިގެން އެތަން ބޭނުން ކުރަން ފަށާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ވީއައިއޭގައި އާ ވީއައިޕީ އިމާރާތް ހެދީ މިހާރު ވެސް އެއާޕޯޓުގައި ހުރި ވީއައިޕީ އިމާރާތުގެ ފަހަތުގަ އެވެ. މަސައްކަތް ކުރަނީ އެއާޕޯޓުގެ ގިނަ މަސައްކަތް ތަކެއް ކުރާ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ.
އައު ވީއައިޕީ ޓަރމިނަލް ބޭނުންކުރަން ފެށުމާއެކު ކުރީގެ ޓާމިނަލް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން އެމްއޭސީއެލުން އޮތީ ނިންމާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުޅި އެއަރޕޯޓް ތަރައްގީކުރުމަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެއް ވަނީ ފަށާފައެވެ.
މި މަޝްރޫއުގެ ދަށުން ވީއައިއޭގައި 3،400 މީޓަރު ދިގު އައު ރަންވޭއެއް ވަނީ ހަދާފަ އެވެ. އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު، 5.7 ބިލިއަން ރުފިޔާ އަށް އަރައެވެ. އަދި ސައޫދީ ބިންލާދިން ކުންފުންޏަށް އާ ޕެސެންޖަރު ޓާމިނަލް އަޅަން ވަނީ ހަވާލުކޮށްފައެވެ. މީގެއިތުރުން ކާގޯ ޓާމިނަލާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތްވެސް ވަނީ ގާތްގަނޑަކަށް ނިންމިފައެވެ.
ވީއައިއޭގައި މުޅިން އަލަށް ސީޕްލޭން ޓާމިނަލެއް ވެސް އަޅާފައިވެއެވެ. ނަމަވެސް އެތަން ނިމުނުތާ ދެ އަހަރުވެފައިވާއިރު އެތަން ބޭނުން ކުރަން ފެށޭވަރެއް ނުވެއެވެ. މީގެއިތުރުން އެންމެ ބޮޑެތި މަތިންދާބޯޓުތަކަށް ޖެއްސޭ ފެންވަރަށް ތަރައްގީކުރި އައު ރަންވޭވެސް އަދި އޮތީ ބޭނުންކުރަން ނުފަށައެވެ.

The stunning new VIP/CIP Terminal building is almost 10 times more than the present facility.
— Maldives Airports Company Ltd - MACL (@MACLmedia) September 6, 2018
Construction of Phase 1 foundation works are ongoing#viadevelopment pic.twitter.com/lKJcmD8rGc
ވީއައިއޭގައި އާ ވީއައިޕީ އިމާރާތް ހެދީ މިހާރު ވެސް އެއާޕޯޓުގައި ހުރި ވީއައިޕީ އިމާރާތުގެ ފަހަތުގަ އެވެ. މަސައްކަތް ކުރަނީ އެއާޕޯޓުގެ ގިނަ މަސައްކަތް ތަކެއް ކުރާ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ.
އައު ވީއައިޕީ ޓަރމިނަލް ބޭނުންކުރަން ފެށުމާއެކު ކުރީގެ ޓާމިނަލް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން އެމްއޭސީއެލުން އޮތީ ނިންމާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުޅި އެއަރޕޯޓް ތަރައްގީކުރުމަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެއް ވަނީ ފަށާފައެވެ.
މި މަޝްރޫއުގެ ދަށުން ވީއައިއޭގައި 3،400 މީޓަރު ދިގު އައު ރަންވޭއެއް ވަނީ ހަދާފަ އެވެ. އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު، 5.7 ބިލިއަން ރުފިޔާ އަށް އަރައެވެ. އަދި ސައޫދީ ބިންލާދިން ކުންފުންޏަށް އާ ޕެސެންޖަރު ޓާމިނަލް އަޅަން ވަނީ ހަވާލުކޮށްފައެވެ. މީގެއިތުރުން ކާގޯ ޓާމިނަލާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތްވެސް ވަނީ ގާތްގަނޑަކަށް ނިންމިފައެވެ.
ވީއައިއޭގައި މުޅިން އަލަށް ސީޕްލޭން ޓާމިނަލެއް ވެސް އަޅާފައިވެއެވެ. ނަމަވެސް އެތަން ނިމުނުތާ ދެ އަހަރުވެފައިވާއިރު އެތަން ބޭނުން ކުރަން ފެށޭވަރެއް ނުވެއެވެ. މީގެއިތުރުން އެންމެ ބޮޑެތި މަތިންދާބޯޓުތަކަށް ޖެއްސޭ ފެންވަރަށް ތަރައްގީކުރި އައު ރަންވޭވެސް އަދި އޮތީ ބޭނުންކުރަން ނުފަށައެވެ.
ކިޔުންތެރިންގެ ހިޔާލު