އަދާލަތު ޕާޓީގައި އިސްކޮށް އުޅޭ ދީނީ ޢިލްމުވެރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ކިޔަނީ ސިޔާސީ ބޭނުމަށް ކަމަށް ކުރީގެ ނާއިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރ ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވެފައި މިވަނީ ރައީސް ނަޝީދާއި އިސްލާމް ދީނާއި ގުޅުވައިގެން އަދާލަތު ޕާޓީގެ ބައެއް އިލްމުވެރިން ތަފާތު ވާހަކަތައް ދައްކަމުން ގެންދާ މައްސަލައަށް އިޝާރާތް ކުރަށްވައެވެ. މީގެއިތުރުން ރައީސް ނަޝީދު ޣައިރު ދީން ފަތުރަން އުޅޭކަމަށް ބުނެ ދީނީ އިލްމުވެރިން އުޅޭކަމަށް ބުނާ ޖަމާއަތަކުން ދާދިފަހުން ފުލުހުންނަށްވެސް ވަނީ މައްސަލައެއް ވެސް ހުށަހަޅާފައެވެ. ނަމަވެސް ފުލުހުން ވަނީ އެމައްސަލަ ބަލަންޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވެފައެވެ.
ޑރ. ޖަމީލު ވިދާޅުވީ ދީނުގެ އަޤީދާއާ ގުޅިގެންވިޔަސް އަދާލަތުގެ އިސް ޢިލްމުވެރިން ރައީސް ނަޝީދަށް ފާޑު ކިޔަނީ ސިޔާސީ ބޭނުމަށްކަމަށެވެ. ޖަމީލު ވިދާޅުވީ އެ 2 ޕާޓީއަކީ ފައިސާ ފޮއްޗެއްގެ 2 ފަރާތް ކަހަލަ ދެ ޕާޓީކަމަަށެވެ.
"ހޫނުގަދަކޮށް ލަނީ ރައީސް ޞާލިޙްގެ ރުހުންހޯދަން. ޢިލްމުވެރިންނަށް ކޮންމެ ގޮތެއް ވަރިހަމަވެ ޤައުމް އިންދިރާސްވެއްޖެ." ޖަމީލު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އަދާލަތުގެ އިލްމުވެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޑރ. އިޔާޒެވެ. ޑރ. އިޔާޒު ގެންދަވަނީ ނުސީދާކޮށް، އަދި ސީދާކޮށްވެސް ރައީސް ނަޝީދާއި ދީނާ ގުޅުވައިގެން ތަފާތު ވާހަކަތައް ދައްކަވަމުންނެވެ.
ރައީސް ނަޝީދާއި ދީނާއި ގުޅުވައިގެން ތަފާތު ވާހަކަތައް ދައްކަމުންދާތީ، އެކަންކަން ބަލައިދިނުމަށް އެމަނިކުފާނު ވަނީ ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު