ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ މަސައްކަތްތައް ބަހާލަން 2015 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު ސަރކިއުލަރ ބާތިލްކޮށްފިއެވެ.
އެ ސަރކިއުލަރ ބާތިލްކުރިކަން ހާމަކޮށްފައިވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސޮއިކުރަށްވައި ނެރުއްވި ޕްރެކްޓިސް ޑައިރެކްޝަން ސަރކިއުލާގައެވެ.
ސިވިލް ކޯޓުގެ 5 ޑިވިޜަން ގާއިމުކޮށް، ހިބައާއި ވަސިއްޔަތާއި. ތަރިކައިގެ މައްސަލަތަކާއި ވާރިޘުން ގިންތިކުރުމުގެ މައްސަލަތަކާއި މައިންބަފައިންގެ ގެދޮރަށް ވައްދައިދިނުމަށް އެދި ހުށަހެޅޭ މައްސަލަތައް ބަލާނީ އެކަމަށްޓަކައި ފެމިލީ ކޯޓުގައި ގާއިމުކުރެވޭ ޑިވިޜަނުން ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ސަރކިއުލާއެއް ނެރުނީ 2015 ޖަނަވަރީ 8 ވަނަ ދުވަހުއެވެ.
މި ސަރކިއުލާ ބާތިލުކުރިކަން އަންގާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ސޮއިކުރައްވައި ނެރުއްވި ޕްރެކްޓިސް ޑައިރެކްޝަނެއްގައި ވިދާޅުވީ ކޯޓުތަކުގެ އިޚްތިޞާޞްތަކާއި މަސައްކަތްތައް ހިންގުމުގެ އުސޫލުތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވީހިނދު، ކޯޓުތަކުގެ މަސައްކަތްތައް ތަރުތީބުވެ އިންތިޒާމްކުރެވިފައި އޮންނަންވާނީ އެ ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމަށެވެ.
އަދި މަދަނީ މައްސަލަތަކުގެ ތެރެއިން ޢާއިލީ މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕީރިއާ ކޯޓުތަކުގެ ތެރޭގައި ހިމެނޭ ސިވިލް ކޯޓަށްލިބިގެންވާކަމަށް އެ ޤާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކުރުމަށްފަހު، ފެމިލީ ކޯޓުގެ މަސައްކަތްތައް ބެހިގެންވާގޮތާއި ކޯޓުން ބަލާ މައްސަލަތައް އެ ޤާނޫނުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާކަމަށް ޕްރެކްޓިސް ޑައިރެކްޝަންގައި ވެއެވެ.
2015 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު ސަރކިއުލަރގެ ދަށުން ސިވިލް ކޯޓުގައި 5 ޑިވިޜަން ގާއިމުކޮށް، ތަރުތީބުކުރެވިފައިވާ ގޮތުން ހަމަހަމަ އުސޫލުން މަސައްކަތްތައް އިންތިޒާމްކުރުމަށް ހުރަސްއެޅޭކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ. އެހެންކަމުން ސިވިލް ކޯޓުގެ 5 ޑިވިޜަން ގާއިމުކޮށް، ހިބައާއި ވަސިއްޔަތާއި، ތަރިކައިގެ މައްސަލަތަކާއި ވާރިޘުން ގިންތިކުރުމުގެ މައްސަލަތަކާއި މައިންބަފައިންގެ ގެދޮރަށް ވައްދައިދިނުމަށް އެދި ހުށަހެޅޭ މައްސަލަތައް ބަލާނީ އެކަމަށްޓަކައި ފެމިލީ ކޯޓުގައި ގާއިމުކުރެވޭ ޑިވިޜަނުން ކަމަށް ކަނޑައަޅައި 2015 ޖަނަވަރީ 08 ވަނަ ދުވަހު ނެރެފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަރކިއުލަރ ބާޠިލުކޮށްފައިވާކަމަށް ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ސަރކިއުލަރގައިވެއެވެ.
އަދި މިގޮތަށް ހަމަޖެހުމުން އެ ސަރކިއުލާގެ ދަށުން ސިވިލް ކޯޓުގައި ގާއިމުކުރެވިފައިވާ ޑިވިޜަންތައް އުވިގެންދާނެ ކަމަށާއި މީގެއިތުރުން ސަރކިއުލަރ ބާޠިލުވުމާއި ގުޅިގެން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް 2012 ޖަނަވަރީ 31ގެ ނިޔަލަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުން ހަމަޖެއްސުމަށްވެސް އުއްތަމަފަނޑިޔާރު ވަނީ އަންގަވާފައެވެ.
މި ޕްރެކްޓިސް ޑައިރެކްޝަންގައިވާ ގޮތުގެމަތިން ޢަމަލުކުރަން ފަށާނީ 2022 ފެބުރުވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު