ފައިސާ ރީފަންޑް ކުރަންޖެހޭ ޙާލަތުގައި ރީފަންޑު ކުރެވޭނެ އެކައުންޓެއް ރަޖިސްޓްރީކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އަންގައިފިއެވެ.
މީރާއަށް ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން ރީފަންޑު ލިބޭނީ ޓެކްސް ބަޔާން ހުށަހަޅާ ނުވަތަ ގެންނަ އިސްލާހެއްގެ ސަބަބުން އިތުރަށް ފައިސާ ދެއްކިފައިވާ ފަރާތްތަކަށް ކަމަށް ޓެކްސް ދެއްކުމާއި ބެހޭ އިދާރީ ޤަވާއިދުގައި ބުނެއެވެ.
މީރާއިން ބުނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤަވާއިދުގެ 69 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އިތުރަށް ދައްކާ ފައިސާ ރީފަންޑު ކުރުމުގެ ބޭނުމަށް، ޓެކްސް ދައްކާ ފަރާތަކަށް ރީފަންޑު ދޭންޖެހޭ ހާލަތުގައި، ރީފަންޑު ކުރާ ފައިސާ ޖަމާކުރާނެ އެކައުންޓެއް ރެޖިސްޓަރ ކުރަންޖެހޭނެކަމަށެވެ. އަދި މި އެކައުންޓް މީރާގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރެޖިސްޓަރ ކުރެވޭނެކަމަށް މީރާއިން ބުނެއެވެ.
މީރާއިން ބުނީ ރީފަންޑް ކުރާ އެކައުންޓް ރެޖިސްޓްރީ ކުރެވޭނީ ޓެކްސް ދައްކާ ފަރާތުގެ މީރާ ކަނެކްޓް ޕްރައިމަރީ އެކައުންޓުންކަމަށެވެ. އަދި މިގޮތަށް ރެޖިސްޓަރކުރާ އެކައުންޓެއްގެ ވެރިފަރާތުގެ ނަމާއި، އެކައުންޓު ނަމްބަރު ސާފުކޮށް އެނގޭފަދަ ލިއުމެއް ބޭންކް މެދުވެރިކޮށް ނަގައި ޕޯޓަލްއަށް އަޕްލޯޑު ކުރަން ޖެހޭނެ ކަމަށް މީރާއިން ބުނެއެވެ.
މީގެއިތުރުން މިގޮތަށް ރަޖިސްޓްރީކުރާ އެކައުންޓަކީ ޓެކްސް ދައްކާ ފަރާތުގެ އަމިއްލަ އެކައުންޓަކަށް ނުވާނަމަ، ކުންފުނީގެ ބޯޑު ރެޒޮލިއުޝަނެއް ނުވަތަ އަމިއްލަ ފަރާތެއްނަމަ މިގޮތަށް ރީފަންޑު ކުރަން ހުއްދަ ދީފައިވާ ކަމުގެ ލިއުމެއް އަޕްލޯޑު ކުރަންވާނެ ކަމަށް ވެސް މީރާއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު