ކޯވިޑް ޖެހިގެން ރާއްޖެއިން 79 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑް ޖެހިގެން ނިޔާވީ ރޭ އައިޖީއެމްއެޗްގެ އެމެޖެންސީއަށް ގެނައި އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 264 ވަނަ މީހާއެވެ.



އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 96،746 އަށް އަރާފައެވެ.

އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ ކޯވިޑްގެ 13 މީހަކަށެވެ.

ރާއްޖޭގައި އަނެއްކާވެސް އާދަޔާ ޚިލާފު ބާރުމިނެއްގައި ކޯވިޑް ފެތުރެން ފަށާފައިވާތީ ބަލިން ރައްކާތެރި ވުމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު