އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ބޭނުންކުރާ ވަކި ކަހަލަ އިންޖެކްޝަނާއި ބޭސް ބޭނުންކުރުމާއި ދޫކުރުމުގެ އުސޫލުތައް ހަރުދަނާކުރުމުގެ މަސައްކަތް އެ ހޮސްޕިޓަލުން ފަށައިފިއެވެ.

އައިޖީއެމްއެޗުން މިމަސައްކަތް ފަށާފައިވަނީ މި ވަނީ އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސް އަންހެން ނަރުސް މީހާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ދިވެހި އަންހެންމީހާގެ ގެއިން ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރާ އިންޖެކްޝަންތަކެއް ފެނުމުންނެވެ.

މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 2 މީހުންނަކީވެސް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ދެ މީހުންނެވެ.



މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ އޮފިޝަލުން ވިދާޅުވީ ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރާ އިންޖެކްޝަނާއި ބޭސް ބޭނުންކުރުމުގައި އަމަލުކުރާ އުސޫލް ހަރުދަނާ ކުރުމުގެ މަސައްކަތާއި މަޝްވަރާތައް ކުރިއަށްދާކަމަށެވެ. އަދި އެއީ މިހާރުވެސް ވަރަށް ރަނގަޅަށް މޮނިޓަރކުރަމުންދާ ކަންކަންކަމަށާއި އެފަދަ ބޭސްތަކާއި އިންޖެކްޝަނަށް މިހާރު އެކްސަސްވެވޭނީ ވެސް ވަކި ބަޔަކަށް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއްކަމަށްވާ ފިލިޕީންސްގެ މޭރީ ގްރޭސް މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އޭނާގެ ފިރިމިހާއާއި ހޮސްޕިޓަލްގައި މަސައްކަތް ކުރާ އެހެން ނަރުހެއްކަމަށްވާ ހަލީމަތު ލަމްހާއެވެ.

ލަމްހާގެ މައްޗަށް ޕީޖީން ކުރި ދައުވާގައި ބުނެފައި ވަނީ އޭނާ ދިރިއުޅުނު ކޮޓަރި ފާސްކުރިއިރު، ސިޓީ އުރައެއްގެ ތެރެއިން، އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު