ޕީ.ސީ.އާރ ޓެސްޓިންގ މިންގަނޑުތަކާ ޚިލާފުވެގެން ޓޫރިސްޓް އުޅަނދަކަށް ދީފައިވާ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ހިފަހައްޓައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޕީސީ.އާރ ޓެސްޓިންގ މިންގަނޑުތަކާއި ޚިލާފުވެގެން ފަތުރުވެރިންނަށް ޚިދުމަތް ދޭ ޓޫރިސްޓް އުޅަނދަކަށް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ވަޤުތީ ގޮތުން ހިފާހައްޓާފައިވާކަމަށެވެ. ނަމަވެސް އެކަމާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ. އާއްމު ގޮތެއްގައި ޓޫރިސްޓް އުޅަނދުގެ ގޮތުގައި ބަލަނީ ސަފަރީތަކެވެ.
މިނިސްޓްރީން ބުނީ އުޅަނދުގެ ހުއްދަ ހިފެހެއްޓިކަން މޯލްޑިވްސް އިމިގްރޭޝަނަށް އަންގާ އެ އިދާރާގެ ލިސްޓުން މިއުޅަނދުގެ ނަން މިހާރު އުނިކޮށްފައިވާކަމަށެވެ. އަދި އެ އުޅަނދަށް އަލުން ހުއްދަ ދެވޭނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ "ޕަބްލިކް ހެލްތް އިންޓަރވެންޝަން ޓު ޕްރިވެންޓް ކޯވިޑް-19 ޓްރާންމިޝަން އިން ދަ ޓޫރިޒަމް ސެކްޓަރ" ގައިޑްލައިންގައި ކަނޑައަޅާފައިވާ މިނގަނޑުތަކާއި އެއްގޮތަށް ޓޫރިސްޓް އުޅަނދުގެ ކަންތައްތައް ހުރިކަމަށް ބަލައި ކަށަވަރުކުރުމަށްފަހުކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މިދުވަސްވަރަކީ ދުނިޔޭގައި އޮމިކްރޯން ވޭރިއަންޓް ފެތުރެމުންދާ ދުވަސްވަރަކަށް ވާތީ، ފަތުރުވެރިންނަށް ޚިދުމަތް ދޭ ތަންތަނުން ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު