ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކަމަށްބުނެ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި ބޭނުންކުރާ ޓީޝާޓުތަކާއި ދިދަތަކުގައި އިންޑިއާ އައުޓް، ދިވެހިން ލިޔުމަށް ފުލުހުން އަންގައިފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަށް އެއްވެފައި ތިބި މީހުންނަށް އިންޑިއާ އައުޓް ޓީޝާޓު ލައިގެން ނުތިބެވޭނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އަދި ޓީޝާޓުތަކުގައި އިންޑިއާ އައުޓް ދިވެހިން ލިޔަން ފުލުހުން އަންގާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަށް ގޮވާލާ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް މާލޭގެ އިތުރުން ރާއްޖޭގެ ރަށްތަކުގައި ވެސް ވަނީ ފަށާފައެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ޕީޕިއެމްގެ އޮފީސް ކައިރީގައި ބޭއްވި އިންޑިޔާ އައުޓް ހަރަކާތްވެސް ފުލުހުން ވަނީ ހުއްޓުވައި ތިން މީހަކު ހައްޔަރުކޮށްފައެެވެ.
އިންޑިޔާ އައުޓް ހަރާކާތުގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމަމަމާއިލާއި، މާލެ ސިޓީ ކައުންސިލަރު އަހްމަދު އައިފާނާއި މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް ވެސް ހިމެނެއެވެ.
އިދިކޮޅު ކޯލިޝަނުން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން އިއްޔެ ވެސް 11 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުން މިއަދު ހެނދުނު ފުލުހުންގެ ބަންދުން ވަނީ ދޫކޮށްލާފައެެވެ.
އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ތިބޭއިރު ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ސަރުކާރުން މިހާރު ވަނީ އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ ކުރިއަށް ގެންދާ "އިންޑިޔާ އައުޓް" ހަރަކާތް ބޭއްވުމުގެ ފުރުސަތު ނުދޭން ނިއްމާފައެވެ.
ރައީސް ޔާމިން ޖަލުން މިނިވަންވެ ވަޑައިގެންނެވި ފަހުން "އިންޑިޔާ އައުޓް" ހަރަކާތް ވަނީ ވަރުގަދަކޮށް އިތުރަށް ފުޅާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު