ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މީހުން އެއްވެ ހަފުލާތަކާއި ހަރަކާތްތައް ބޭއްވުން ވަގުތީގޮތުން މަނާކޮށްފިއެވެ.
އެޗްޑީސީން ބުނީ މިފަދައިން މީހުން އެއްވެ ހަފުލާތަކާއި ހަރަކާތްތައް ބޭއްވުން ވަގުތީގޮތުން މަނާކޮށްފައިވަނީ ހުޅުމާލޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްކަމަށެވެ. އެގޮތުން ގިނަ މީހުން އެއްވާ ހަފުލާތަކާއި ހަރަކާތްތައް ބޭއްވުމަށް އެކުންފުނިން ދޫކުރަމުން ގެންދާ ހުއްދަތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
ކޮވިޑުގެ ނުރައްކާތެރި ވޭރިއަންޓްކަމަށްވާ އޮމިކްރޯން ރާއްޖެއިން ފެނިފައިވުމާއި، މާލެ ސަރަހައްދުން ކޮވިޑްޖެހޭ މީހުންގެ އަދަދު އިތުރުވަމުންދިއުމާއިއެކު އެޗްޕީއޭއިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަމީހުން އެއްވެ ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމަށް ދެމުންދިޔަ ހުއްދަ ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ އެޗްޕީއޭގެ އެންގުމަށް ކަމަށްވެސް އެޗްޑީސީން ހާމަކޮށްފައިވެއެވެ.
އެޗްޕީއޭގެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ގިނަ ދުވަސްތަކަކަށް ފަހު ދުވާލެއްގެ މައްޗަށް ކޮވިޑްޖެހޭ މީހުންގެ އަދަދު 300 އާއި ގާތް ކުރާ އަދަދަކަށް މިހަފްތާގައި ވަނީ ރިޕޯޓުކޮށްފައެވެ. އަދި މީގެތެރެއިން ގިނަ ކޭސްތަކެއް މާލެ ސަރަހައްދުން ރިޕޯޓު ކޮށްފައިވާކަން އެޗްޕީއޭގެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެއިތުރުން، މިހަފުތާ ތެރޭގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުވެސް ވަނީ ކޯވިޑްގެ ބިރުވެރިކަމުގެ އިންޒާރެއް ރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި ހަވާލާދެއްވައި އެމަނިކުފާނު ވަނީ ކުރިއަށް އޮތް ތިން ހަފުތާއަކީ ކޯވިޑްގެ އާވޭރިއަންޓާއެކު ރާއްޖޭގައި ވެސް ބަލީގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެގެންދާނެ ތިން ހަފުތާ ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ސަމާލުކަމަށް!
— HDC (@hdcmaldives) January 6, 2022
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ މީހުން އެއްވާ ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމަށް މިކުންފުނިން ދޫކުރަމުން ގެންދާ ހުއްދަތައް ވަގުތީ ގޮތުން މެދުކަނޑާލެވިފައިވާ ވާހަކަ އެންމެހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވަން. pic.twitter.com/IUs2lWTFzi
އެޗްޕީއޭގެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ގިނަ ދުވަސްތަކަކަށް ފަހު ދުވާލެއްގެ މައްޗަށް ކޮވިޑްޖެހޭ މީހުންގެ އަދަދު 300 އާއި ގާތް ކުރާ އަދަދަކަށް މިހަފްތާގައި ވަނީ ރިޕޯޓުކޮށްފައެވެ. އަދި މީގެތެރެއިން ގިނަ ކޭސްތަކެއް މާލެ ސަރަހައްދުން ރިޕޯޓު ކޮށްފައިވާކަން އެޗްޕީއޭގެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެއިތުރުން، މިހަފުތާ ތެރޭގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުވެސް ވަނީ ކޯވިޑްގެ ބިރުވެރިކަމުގެ އިންޒާރެއް ރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި ހަވާލާދެއްވައި އެމަނިކުފާނު ވަނީ ކުރިއަށް އޮތް ތިން ހަފުތާއަކީ ކޯވިޑްގެ އާވޭރިއަންޓާއެކު ރާއްޖޭގައި ވެސް ބަލީގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެގެންދާނެ ތިން ހަފުތާ ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު