ސަރުކާރުން ކަންތައް ކުރާގޮތުން ކޮވިޑު މިހާރު "ކުޅިވަރަކަށް" ވެފައިވާ ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ވިިދާޅުވެއްޖެއެެވެ.
ރާއްޖޭގައި ކޮވިޑު ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައި އޮތުމަށްފަހު އަނެއްކާވެސް މިހާރު ވަނީ އަދަދުތައް އިތުރުވާން ފަށާފައެވެ. ރާއްޖެއިން ކޮވިޑުގެ އާ ވޭރިއަންޓް، އޮމިކްރޮން ފެނުމާއި ގުޅިގެން އެޗްޕީއޭއިން އެކަަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވަނިކޮށް ގިނަ ބަޔަކު އެއްވެ އާ އަހަރު ފެށުން ފާހަަގަކުރުމާއި މާލޭގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ނައިޓް މާކެޓްވެސް ވަނީ ބާއްވާފައެެވެ.
އޭގެފަހުން ކޮވިޑްގެ ކޭސްތައް މާލެއާއި އަތޮޅުތަކުގައި އިތުރުވަމުންދާއިރު ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި ކޮވިޑް-19 އަނެއްކާވެސް ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރިދާނެކަމުގެ އިންޒާރު، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އާ ހަވާލާދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވަނީ ދެއްވާފައެެވެ. އެކަމާ ގުޅިގެން ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ، ކޮވިޑަކީ ސަރުކާރުން ބޭނުންވުމުން އައިސް ގޮސްވާ އެއްޗަކަށް ހަދައި މިހާރު އެކަން "ކުޅިވަރަކަށް" ހަދާފައިވާ ކަމަށެވެ.
"އާއަހަރު ފާހަގަކުރަން އެތައްހާސް ބަޔަކު އެއްތަނަކަށް ޖަމާކޮށް ސަކަރާތްޖެހިއިރު ކޮވިޑަކީ އުޅޭ އެއްޗެއްކަންވެސް ހަނދާނެއް ނެތެއްނުންތޯ؟" ގިނަ ބަޔަކު އެއްވެ ހަރަކާތްތަށް ނުބޭއްވުމަށް އެޗްޕީއޭއިން އަންގާފައިވަނިކޮށް އާއަހަރު ފެށުން ފާހަގަކުރުމަށް ސަރުކާރުން އިންތިޒާމްކޮށްގެން ޝޯ ބާއްވާފައިވާތީ އެކަމަށް ފާޑުވިދާޅުވަމުން ޑރ. އިޔާޒް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ރައީސް އޮފީހުން މިހާރު ވަނީ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރުކޮށް މާސްކު ނާޅާ މީހުންނަށް ފިޔަވަޅު އަޅަން އަންގާފައެވެ. ކޮވިޑު ކޭސްތައް އިތުރުވަމުންދާތީ މާލޭގައި ކުރިއަށް ގެންދިޔަ ނައިޓް މާކެޓް ވެސް އެޗްޕީއޭއިން މިހާރު ވަނީ ހުއްޓުވާފައެވެ.
ބަލި ކޮންޓްރޯލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މިދިޔަ ހޯމަ ދުވަހު ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމުގައި ބައެއް ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ. އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި މާލޭ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް 3000 މީހުންނަށް ބޫސްޓާ ޑޯޒް ދިނުމުގެ ގޮތުން ނޫސަންދަ ކްލިނިކުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބޫސްޓާ ޑޯޒް ޖެހޭނެ އިންތިޒާމު ހަމަޖެއްސުމާއި ޕޮލިސް ލެބޯޓަރީގައި ކޮވިޑް ޓެސްޓު ހަދަން ފެށުން ހިމެނެއެވެެ.
ކޮވިޑު ނަމްބަރުތައް ކުއްލިއަކަށް އިތުރުވާން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ކޮވިޑުގެ އޮމިކްރޮން ވޭރިއަންޓު ރާއްޖެިން ފެނުނު ފަހުންނެވެ.

ކޮވިޑަކީ ސަރުކާރުން ބޭނުންވީމާ އައިސްފައިވާ ގޮސްވާ އެއްޗަކަށް ހެއްދެވީމާ އެކަން ވަނީ ކުޅިވަރަކަށް @KerafaNaseem. އާއަހަރު ފާހަގަކުރަން އެތައްހާސް ބަޔަކު އެއްތަނަކަށް ޖަމާކޮށް ސަކަރާތްޖެހިއިރު ކޮވިޑަކީ އުޅޭ އެއްޗެއްކަންވެސް ހަނދާނެއް ނެތެއްނުންތޯ? @HPA_MV
— Dr.Mohamed Iyaz (@dr_iyaz) January 6, 2022
"އާއަހަރު ފާހަގަކުރަން އެތައްހާސް ބަޔަކު އެއްތަނަކަށް ޖަމާކޮށް ސަކަރާތްޖެހިއިރު ކޮވިޑަކީ އުޅޭ އެއްޗެއްކަންވެސް ހަނދާނެއް ނެތެއްނުންތޯ؟" ގިނަ ބަޔަކު އެއްވެ ހަރަކާތްތަށް ނުބޭއްވުމަށް އެޗްޕީއޭއިން އަންގާފައިވަނިކޮށް އާއަހަރު ފެށުން ފާހަގަކުރުމަށް ސަރުކާރުން އިންތިޒާމްކޮށްގެން ޝޯ ބާއްވާފައިވާތީ އެކަމަށް ފާޑުވިދާޅުވަމުން ޑރ. އިޔާޒް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ރައީސް އޮފީހުން މިހާރު ވަނީ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރުކޮށް މާސްކު ނާޅާ މީހުންނަށް ފިޔަވަޅު އަޅަން އަންގާފައެވެ. ކޮވިޑު ކޭސްތައް އިތުރުވަމުންދާތީ މާލޭގައި ކުރިއަށް ގެންދިޔަ ނައިޓް މާކެޓް ވެސް އެޗްޕީއޭއިން މިހާރު ވަނީ ހުއްޓުވާފައެވެ.
ބަލި ކޮންޓްރޯލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މިދިޔަ ހޯމަ ދުވަހު ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމުގައި ބައެއް ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ. އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި މާލޭ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް 3000 މީހުންނަށް ބޫސްޓާ ޑޯޒް ދިނުމުގެ ގޮތުން ނޫސަންދަ ކްލިނިކުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބޫސްޓާ ޑޯޒް ޖެހޭނެ އިންތިޒާމު ހަމަޖެއްސުމާއި ޕޮލިސް ލެބޯޓަރީގައި ކޮވިޑް ޓެސްޓު ހަދަން ފެށުން ހިމެނެއެވެެ.
ކޮވިޑު ނަމްބަރުތައް ކުއްލިއަކަށް އިތުރުވާން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ކޮވިޑުގެ އޮމިކްރޮން ވޭރިއަންޓު ރާއްޖެިން ފެނުނު ފަހުންނެވެ.
ކިޔުންތެރިންގެ ހިޔާލު