ފީވަށް ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށް ނިންމުން
ފީވަށް ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށް ނިންމުން
ށ. ފީވަކުގެ ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށް ނިމިފައިވާ ކަމަށް އެމަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ ށ. ފީވަށް ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް 2 ޖެނުއަރީ 2022 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ. މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ 2.68 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން، 2,940 މީޓަރުގެ ސަރަޙައްދެއް ކޮނުމާއި، ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 4,511.70 މީޓަރުގެ ސަރަހައްދަކަށް ވެލި އެޅުމާއި، 15,039 މީޓަރުގެ ސަރަޙައްދެއް ކޮމްޕެކްޓް ކުރުމާއި، 750.40 މީޓަރުގެ ސަރަޙައްދެއްގައި ކާރބް ޖެހުމާއި، 460.29 މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި މީގެ އިތުރުން ފެން ހިންދާ ނިޒާމެއް ޤާއިމްކުރުން ހިމެނެއެވެ.

މި ސަރުކާރުގެ ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ 12 މަސައްކަތް ނިންމާފައެވެ.

1980 ވަނަ އަހަރު ސަރުކާރުން އެމްޓީސީސީ އުފެއްދީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން